ރަސްމާލެ: ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުޠުހަމަވާ އެންމެންނަށް ފުރުޞަތުލިބޭނެ! ނިމޭނީ ހުރިހާ ކަމެއް ފުރިހަމަވެގެން!: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 23ސ
ރަސްމާލެ: ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުޠުހަމަވާ އެންމެންނަށް ފުރުޞަތުލިބޭނެ! ނިމޭނީ ހުރިހާ ކަމެއް ފުރިހަމަވެގެން!: ރައީސް

ރަސްމާލެ އާއިމެދު ތަފާތު ދޮގުވާހަކަތައް ފަތުރައި މަޝްރޫޢު ހުއްޓުވަން މަސައްކަތްކުރަނީ ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުޠުހަމަވާ އެންމެންނަށް ފުރުޞަތު ލިބޭނެތީއެވެ. ވެރިކަމުގެ ދެ ދައުރު ލިބުމުންވެސް އަދި އެއްދައުރު ލިބުމުންވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކުރެވުނު މަސައްކަތަށްވުރެ އެތައް ގުނައެއް ބޮޑުކޮށް މަސައްކަތްކޮށް އެކަކުވެސް ބާކީނުވެ އެންމެންނަށް، ޝަރުޠުހަމަވާ ހުރިހާ ރައްޔިތުންނަށް މިސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެތީއެވެ.

ކެނޑިނޭޅި ދޮގުވާހަކަތައް ފަތުރަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ "އެންމެންނަށް ބޯހިޔާވަހިކަން" ވަޢުދު ފުއްދަވާނެކަން ލޮލަށް ފެންނަން ފެށުމުން ކުރާ އަސަރުންނެވެ.  

"އެއީ ތެދެއްކަމެއް ނޭނގެ! ޘާބިތުކޮށްދެވޭނެ ގޮތެއް ނެތް! ވާހަކަ ހިފައިކެން ކޯޓަށް ވަދެވޭކަސްވެސް ނެތް! އެކަމަކު މީހަކު ބުނި" ކިޔައިގެން ވާހަކަދައްކާ މީހުންނަކީ ޘާބިތު ނުހިފޭ ވާހަކަތައް ނުފަތުރަން އެންމެ ގަދައަށް އިލްތިމާސްކުރި މީހުންނެވެ. މިއީ ތިމާމެންނަކީ ދީން ޙިމާޔަތްކުރަން އުޅޭ، ޤައުމުދެކެ ލޯބިވާ މީހުންކަމަށް ބުނަމުން ސިޔާސީ ތާޖެއް ބޮލުގައި ބަހައްޓައިގެން އުޅޭ މީހުން ކުރަން ލަދުގަންނަން ޖެހޭނެ ކަމެއް ނަމަވެސް މިއަދު އެކަން އެކުރަނީ ފައުޅުގައެވެ. ބުއްދީގެ ބޭނުންކުރާ ކޮންމެ މީހަކަށްވެސް ކަންކަންވަމުން މިދާގޮތް އެނގޭނެއެވެ. ވިސްނޭނެއެވެ.  

މިފަދަ މީހުން ދުނިޔެއިން މޮޔަވާ ޙާލަތަށް ގޮސްގެން މިއުޅޭ ސަބަބު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިވާހަކަފުޅުން ވަރަށް ރަނގަޅަށް އެނގެންދެއެވެ.  

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުން:  

ތިމަންނަމެން ރެޑީއޭ މުޅި ރަސްމާލޭގެ ޕަވަރ ސަޕްލައި ޤާއިމް ކޮށްދޭން. މުޅި ރަސްމާލޭގެ ފެނާއި ނަރުދަމާ ޤާއިމްކުރަން އަންނަން. އެމީހުން އެ ޚަރަދު ކުރާ އެއްޗެއް އެބަ އަނބުރާ ލިބޭ ވަރަށް ފަސޭހައިން. 

އެހެންވީމަ ބާކީ އޮތް ހަސަތޭކަ ފަސް ހާސް ހެކްޓަރު ޑިވަލޮޕް ކުރުމުގައި އަޅުގަނޑުމެން މަޑެއް ކުރާކަށް ނުޖެހޭނެ ހުޅުމާޅެއަށް ވެފަ އޮތް ގޮތް ވާކަށެއް. ހުޅުމާޅެ 30 އަހަރު ވީއިރު އަދިވެސް މިއުޅެނީ، އަދިވެސް ހުޅުމާލެ އެއްކޮށް ފެނާ ނަރުދަމާ އަޅާ ނުނިމޭނު. އަދިވެސް ކަރަންޓެއް ނުލިބެ. 

މިތަނަށް ކުރިމަތިލީ ރައްޔިތުން ބޯހިޔާވަހިކަން ހޯދަން، ގޯތި ހޯދަން ކުރިމަތިލީ ރައްޔިތުންގެ ތެރެއިން އަޅުގަނޑުމެން ކަނޑައެޅީ އެކި ކެޓެގެރީތައް ދެއްތޯ؟ މާލޭ ރައްޔިތުންނާއި، ދަފްތަރާއި، މާލޭގަ ދިރިއުޅޭތާ ގިނަދުވަސްވީ ރައްޔިތުންނާއި މިކަހަލަ ކެޓެގެރީތަކެއް. މި ހުރިހާ ކެޓެގެރީއެއްގެ ތެރެއިން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް މިތަނުން ބޯހިޔާވަހިކަން ކަށަވަރު ވާނެ އިނގޭތޯ. އެހާ ޖާގަ އެބައޮތް. އަޅުގަނޑު ހަމަ ނަމްބާރސް ޗެކް ކޮށްފަ މި ދެންނެވީ އިނގޭތޯ.

މާލޭ ރައްޔިތުންގެ ކެޓެގެރީންވެސް، ދަފްތަރު ކެޓެގެރީންވެސް، 15 އަހަރު ވަންދެން މާލޭގައި އުޅުނު މީހުންގެ ރައްޔިތުން ކެޓެގެރީންވެސް. މިހެންގޮސް އަޅުގަނޑުމެން އިޢުލާނު ކުރި ގޯތި ބޭނުންވާ، ގޯތި ދޭ ކެޓެގެރީތައް. އެ ހުރިހާ ކެޓެގެރީއަކުން ކުރިމަތިލާ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެ. ކާކުތޯ ބާކީވީ އެހެންވީމަ؟  

އެހެންމަ ތާކުން ތާކު ނުޖެހޭ ހަޤީގަތާ ޚިލާފު ވާހަކަ މި ދައްކަނީ ހަމަ ބޭނުންވަނީ މިތަން ޑިވަލޮޕް ވިޔަ ނުދޭން، ރައްޔިތުންނަށް ކަންކަން ވިޔަ ނުދޭން. މި މަޝްރޫއު ހުއްޓުވަން މި އުޅެނީ މީގެ ސަބަބުން ރައްޔިތުންނަށް މި ސަރުކާރުގެ އެންމެ މުހިއްމު ވަޢުދު، ބޯހިޔާވަހިކަން ވަޢުދު ފުއްދޭނެކަން އިނގޭތީ. އެކަން ހުއްޓުވަން ބޭނުންވަނީ.  

އަދި އެއާއި އެކީގައި ރާއްޖޭގެ ޖީ.ޑީ.ޕީ އެތައް ގުނައަކުން މައްޗަށް ދާނެ ކަމާއި ރާއްޖޭގަ އޮތް މި ބޮޑު ދަރަނިން ޤައުމު ސަލާމަތް ކުރާނެކަމާއި، ކުރަންވެގެން ދާނެ ކަމާއި، އޭގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެތައް ގުނައަކުން މަތިވާނެ ކަމާއި، ރައްޔިތުން މުއްސަނދި ވާނެ ކަމާއި މި ހުރިހާ ކަމެއް އިނގޭތީ. އެކަމަށް މަގުފަހިކޮށްދޭ ވަރަށް ބޮޑު ޕްރޮޖެކްޓެއްކަން އިނގޭތީ އެކަން ހުއްޓުވަން ބޭނުންވާތީ އިދިކޮޅު މީހުން އެއްވެސް ޒިންމާދާރުކަމެއް ނެތި މި ވާހަކަ ދައްކަމުން މިދަނީ. އެއީ މި ވެގެންއުޅޭ ގޮތަކީ.

މިއަދު އޮންލައިން