ރަސްމާލޭގަ ހިންގަން އުޅޭ މަޝްރޫޢުގަ ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަން ރައީސް ޑރ. މުޢިއްޒު ޔަޤީންކޮށްދެއްވައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 19ސ
ރަސްމާލޭގަ ހިންގަން އުޅޭ މަޝްރޫޢުގަ ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަން ރައީސް ޑރ. މުޢިއްޒު ޔަޤީންކޮށްދެއްވައިފި!

ރަސްމާލޭގައި ތަރައްޤީކުރާ މަޝްރޫޢާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގުވާހަކަތަކެއްކަމާއި ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އެއްވެސް ވަރަކަށް އެމަޝްރޫޢުގައި ނެތްކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.  

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން އެނގެނީ އެތަނުގައި ކަންކަން ހިނގަމުންދާނީ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ކަންކަން ހިނގަމުން އަންނަ ގޮތަށް ކަމެވެ. ޤާނޫނު އެއްވަރަކަށް ނަގަހައްޓާނެކަމެވެ. ފުލުހުންވެސް ތިބޭނެކަމެވެ. ދީނާއި ޚިލާފްވާ އެއްވެސް ކަމެއް ނުކުރެވޭނެކަމެވެ. މީގެ އިތުރުން އިޒްރޭލުގެ އެއްވެސް މީހަކަށް ނުވެސް އައުދެވޭނެ ކަމެވެ.

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން:  

(ރަސްމާލެއާއިބެހޭގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކަކީ) އެއްވެސް ވަރަކަށް ރައްޔިތުން ކަންބޮޑުވާންޖެހޭކަމެ ނޫނެވެ. ރައްޔިތުންނަށް މީގަ އޮތީ ފައިދާ މުޅިންވެސް. މީގަ ކުރުގޮތަކަށް ދަންނަވަންޏާމު ރިސޯޓެއްގަ ކަންކަން ހުންނަ ފުޅާމިނަށްވުރެވެސް ލިމިޓެޑް އިނގޭތޯ. ލިމިޓެޑް ވާގޮތަކީ މިތަނުގައ ރަލެއް ނުވިއްކެ އިނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާގަ 5 ވަޤުތު ބަންގި ގޮވާނެ. މިސްކިތް ހުންނާނެ. ބޭރުގެ އެއްވެސް ފަރާތްތަކެއްގެ ކޮންޓްރޯލް ހިނގާގޮތަށް އަދި އެނޫން ގޮތަކަށްވެސް ސްކޫލެއް، ތަޢުލީމީ މުއައްސަސާއެއް ނުހުންނާނެ. 

ދެން އެތަނަށް އަންނަ މީހުންގެ ތެރެއިން އެތާގައި ހޮލިޑޭ ހޯމްސް ހޯދާ ފަރާތްތައް، ގަންނަ ފަރާތްތަކުގެ ކުދިން މިސާލަކަށް ސްކޫލަށް ފޮނުވަންޏާއި މިހާރުވެސް މި ރާއްޖޭގައި ބޭރު މީހުން އެކުދިން ސްކޫލަށް ފޮނުވޭ މިންގަނޑު އޮންނާނީ. ރާއްޖޭގެ ސްކޫލަކަށް ފޮނުވަންޏާއި އެ އޮންނަ މިންގަނޑުން ނޫނިއްޔަކާ ސްކޫލަކަށް ނުފޮނުވޭނެ. މިތާކު ވަކިންނެއް، މީކީ ދުރުގަ އޮތް ރަށެއްގެ ވާހަކައެއް ނޫން މި ދައްކަނީކީ. ރަސްމާލޭގެ އެއްބައިގެ ވާހަކަ މި ދައްކަނީ. 

އެހެންވީމަ މީހުން ދިރިއުޅޭ ފަސްގަނޑެއްގައި ހެދޭ ތަނެއް، އަޅުގަނޑު ހަމަ ޔަޤީނުންވެސް ފުރުސަތު ދޭނެ ކަމެއް ނޫން އަޅުގަނޑުމެންގެ ތެރޭގައި އޭގެ ސަބަބުން ނޭދެވެ ކަމެއް ހިނގާކަށެއް. އެހެންމަ ޤާނޫނީ ގޮތުންވެސް އެގްރިމެންޓްގަވެސް ހުރިހާގޮތަކުންވެސް އަޅުގަނޑު އެންޝުއަރ ކުރާނަނަން މި ދެންނެވި ހުރިހާ ކަމެއް އިނގޭތޯ. ބަންދުކުރެވިފަ ހުންނާނެ ނުރައްކާ ހުރިހާ މަޤުތަކެއް.

ދެން މި ދެންނެވިހެން މިސްކިތް ހުންނާނެ، އެތަނުގައި ދިވެހި ފުލުހުންގެ ޕްރެޒެންސް އެތަނުގައި އޮންނާނެ. މީ ރާއްޖޭގެ ބިން. މިތަނުގައި ހިނގާނި ރާއްޖޭގެ ސިޔާދަތާއި ރާއްޖޭގެ ޤާނޫނުއަސާސީ، ރާއްޖޭގެ ޤާނޫނުތައް. އެތާގައި އެހެން ޤައުމެއްގެ ޤާނޫނެއް ނުހިނގާނެ. އެތަނަކީ ހުރިހާ ގޮތެއްގައި އަސްކަރީ ގޮތުންވިޔަސް، ލޯއިންފޯސްމެންޓް ގޮތުންވިޔަސް ދިވެހި ދައުލަތުގެ ތަނެއް. ދައުލަތުގެ ހުރިހާ ބާރެއް ހިނގާނެ. މުއައްސަސާތަކުގެ ބާރު ހިނގާނީ.

އެހެންވީމަ، ދެން ކެސީނޯއެއްވެސް ނުހުންނާނެ. ދެން މިކަހަލަ ހުރިހާ ކަމެއް. ދެން މިދައްކާ ވާހަކަތަކަކީ އެއްވެސް ކަހަލަ އަސާސެއް ނެތް ބިރު އުފައްދަންވެގެން، މި އިންވެސްޓްމަންޓް އަޔަ ނުދޭން ކުރާކަމެއް.  

ދެން އަދި އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ މިތަނުގައި، މސާލަކަށް އަދި ހަމަ އެއާއި އެކީ ފާހަގަ ކޮށްލާނަން، ހަމަ މި މޭރުމުން ފާހަގަ ކޮށްލަން ބޭނުން ހަމަ ބައެއް މީހުން ސުވާލު އުފައްދަފާނެ ރޯދަމަހު ކިހިނެއްހޭ ވާނީ މަގުމަތީގައި އާއްމުކޮށް ކައިބޮއެ އުޅެވޭނެހޭ؟ ނުކެވޭނެ. އިނގޭތޯ. ހަމަ މީހުން އުޅޭ ރަށެއްގައި ގެސްޓްހައުސް ތަކުގައިވެސް ތިބޭ މީހުން ރޯދަމަހު މި ޖެހެނީ ފޮރުވިފަ ހުންނަ ތަނެއްގަ އެމީހުންނަށް ކާންދޭން ޖެހެނީ ދެއްތޯ. މަގުމައްޗަށް ފެންނަގޮތަށް ކާކަށް ނުދެވޭނެނޫންތޯ. މިތާގަ އެ ހަމަ ހުންނާނި، އެ ސޭމް ރޫލް އެޕްލައި ވާނީ. މިތަންތަނުގައި މިހާތަނަށްވެސް އަޅުގަނޑުމެންނަށް ފެންނަން މިއޮތް ހަޤީގަތަކީ ޖީ.ސީ.ސީ ގެ ޤައުމުތައް، އަރަބި އިސްލާމީ ޤައުމުތަކުގެ މީހުން މިތަނުގައި އަޅާ ޕްރޮޕަޓީސްތައް ގަތުމުގެ ޝައުޤުވެރިކަން ހުރީވެސް.  

އަޅުގަނޑު ހަމަ ޔަޤީންކަމެއް އެބައޮތް، ވަރަށްބޮޑު ޔަޤީންކަމެއް. މިތަނުގައި މުޅިންހެން ތިބޭނީ ދިވެހިންނާއި އެހެން ޤައުމުތަކުގެ މުސްލިމުންނާއި. މިތަނަކަށް އަންނާކަށް ބަޔަކު ދިވެހިރާއްޖެއަކަށް މީހުން އަންނާކަށް، އަދި އަމްދުން މިކަހަލަ ތަނަކަށް އަންނާކަށް ބޭނުންމެއް ނުވާނެ އެހެން ގޮތަކަށް އުޅޭކަށް. މިތަނަކީ، ރާއްޖެއަކީ ސަތޭކައިން ސަތޭކަ އިސްލާމީ ޤައުމެއް، ވަރަށް ޕީސްފުލް ޤައުމެއް، ވަރަށް ރީތި ޤައުމެއް. އެހެންވީމަ މިތަނުގެ ރީތިކަމާއި، ހިތްހަމަ ޖެހުމާއި ހޯދުމަށް ބޭނުންވާ މުސްލިމުން ވަރަށް ގިނަ.  

އެހެންވީމަ މިތަނަކީ މިދެންނެވި ފަދަ ތަނެއް. އެހެންވީމަ އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ހުންނާކަށް ނުޖެހެ. ދެން އަޅުގަނޑުމެން ހަމަ ޤާނޫނު ފޮނުވާއިރު ފެންނަން އޮންނާނެ ވަކި ޤައުމެއްގެ ރައްޔިތުންނަށް މިތަނުގެ މެކްސިމަމް 25 ޕަސެންޓަށްވުރެ ގިނައިން ޕްރޮޕަޓީއެއް ނުވިއްކޭނެކަން. ދިވެހިންނަކަށް ލިމިޓެއް ނޯއްނާނެ، ދިވެހިން ގަންނަންވީ ހުރިހާ ތަނެއްވެސް މިސާލަކަށް އިނގޭތޯ ގަނެވޭ ކަމަށް ވަންޏާ.

ދެން އަމުދުން އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް މިތަނުގެ އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެ. ކުއްޔަކަށްވެސް ނުލިބޭނެ. އެންމެ ދުވަހަކަށް މަޑުކުރާކަށްވެސް ނާދެވޭނެ. ކޭ.ވައި.ސީ ޗެކްކޮށްގެން އަޅުގަނޑުމެން ޕާސްޕޯޓް އެކަންޏެއް ނޫން، ހުރިހާ ގޮތަކުން ބަލާނަން އެއީ ކޮން ޤައުމެއްގެ ރައްޔިތެއްތޯ. އެއީ މިތާކަށް ނާދެވޭނެ އިޒްރޭލު ރައްޔިތަކަށެއް. އަޅުގަނޑަށް ވަރަށް ބޮޑަށް ޒައިނިޒަމް އާ ދެކޮޅަށް އިޒްރޭލް މި ހިންގާ ޖެނެސައިޑް އާ ދެކޮޅަށް ވާހަކަ ދައްކާ މަސެއްކަތް ކުރި މީހަކު މިއަދާ ހަމައަށްވެސް ރާއްޖޭގެ ރައީސްއަކަށް ނެތް ކަންނޭންގެ އައިސްފައެއް.

ފުރަތަމަ ދުވަހުން ފެށިގެން، ޓްރާންސިޝަން ޕީރިއަޑްގެ އެންމެ ފުރަތަމަ އަޅުގަނޑު ޓްވީޓްއެއް ކުރީ މިކަމުގައި، އަޅުގަނޑު ރާއްޖޭގެ ސިޔާސަތާއި ގުޅޭގޮތުން. ޢަމަލީގޮތުން ދައްކަމުން މި އަންނަނީ. ރާއްޖޭގެ ޕާސްޕޯޓް އިޒްލޭލް މީހުންނަށް ނާދެވޭ ގޮތަށް އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން ކެރުނު އެއްވެސް މީހަކު އެބަހުރިތޯ މީގެ ކުރީގަ؟ މުޅިންވެސް ހިހޫތަނުން ކައިގެން އުޅުނު މީހުންނޫންތޯ މީގެ ކުރިން ފެންނަން ހުރީ. އަޅުގަނޑު މި ޕާސްޕޯޓް ބޭން ކުރުމުގެ ކަންތަކުގައި ތެދުވީމަ، އަޅުގަނޑަށް އައި ކޯލްތައް އަޅުގަނޑަށްނޫންތޯ އިނގޭނީ މި ޓޫރިޒަމް ސެކްޓާރ ތެރެއިންނާއި އެކި ތަންތަނުން، " ތިކަން ނުކުރާށެ. ރާއްޖޭގެ އިޤްތިޞާދު ހަލާކުވާނޭ ހުރިހާ ކަމެއްގައި." 

އަޅުގަނޑާ އެކީގައި މަސެއްކަތް ކުރަމުންދާ އެތައް ބަޔަކުވެސް ނޫނީ އަޅުގަނޑުމެން ފިކުރުގެ ތެރެއިންވެސް އެތައް ބަޔަކު ބުނި ތިކަން ނުކުރާށޭ. އަޅުގަނޑު ދެންނެވިން ޤައުމަށް ފައިދާ ހުރީ އިޒްރޭލް ޕާސްޕޯޓް ބޭން ކޮށްގެންނޭ. ފެންނާން ނޫންތޯ މިއޮތީ އޭގެ ހަޤީގަތް. އޭގެ ސަބަބުން ޓޫރިޒަމް އިތުރަށް ފުޅާވީ ރާއްޖޭގައި. 

ރާއްޖެއަކީ ވަރަށް ހަރުދަނާ މިންގަނޑުތަކެއް ފޮލޯ ކުރާ، ޕީސްއަށް ލޯބިކުރާ، ޖަސްޓިސްއަށް ލޯބިކުރާ، ޖެނެސައިޑާ ދެކޮޅު ބައެއްކަން. އިޒްރޭލުން ހިންގަނީ ޖެނެސައިޑް އެއްކަން އަލިފް. ދާލްގަ އިއުލާނު ކޮށްލަން ކެރުނު ހަމައެކަނި މީހަކީ އަޅުގަނޑު ނޫންތޯ ރާޢްޖޭގެފަރާތުން މިއަދާ ހަމައަށް އައި އިރުވެސް. މީގެ ކުރީން އެއްވެސް ރައީސަކު ކުރިކަމެއް ނޫން މިއީކީއެއް.  

އެހެންވީމަ އަޅުގަނޑު މީ ރާއްޖޭގެ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި މިއަދާ ހަމައަށް މިހާ ވަރުގަދަކޮށް މަސެއްކަތް ކުރަނީ، ކުރިއަށް އޮތްތާވެސް ކުރާނެ. އެހެންވީމަ މިތަނުގައި އިޒްރޭލު ރައްޔިތުންނަށް ނޫނިއްޔާ ޒައިނިސްޓުންނަށް އައިސް ވަޒަންވެރި ވެވޭ ގޮތަށް ކަންކަން ކުރަންށޭ މިއުޅެނީ އެ ދައްކާ ވާހަކައަކީ ކުރިން މި ދެންނެވި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ސިޔާސީމީހުން ދައްކާ ވާހަކައެއް.  

އަޅުގަނޑު މި އިންވެސްޓްމެންޓް މިތަނަށް ގެނައީމަ، މިވެސް އިންވެސްޓްމަންޓާ އެކީގައި މުޅި ރަސްމާލެ ތަރައްޤީ ވާނެ ކަމަށް، އެ ކޮންގޮތަކުންތޯ؟ އެއީ މި އިންވެސްޓްމަންޓް މި ބައްޓަން ކޮށްފަ މި އޮތީ އެތަނަށް ބޭނުންވާ ޕަވަރ އާއި މި ހުރިހާ އެއްޗެހި ސަރުކާރު އަތުން ގަންނަގޮތަށް. މާނައަކި އަޅުގަނޑުމެން އަތުން ގަންނަނީ. އެހެންވީމަ، އަޅުގަނޑުމެންނަށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފަ އެބައޮތް، މިވަރުގެ ފީޒިބަލް ޕްރޮޖެކްޓެއް ވީމަ، ތިމަންނަމެން ރެޑީއޭ މުޅި ރަސްމާލޭގެ ޕަވަރ ސަޕްލައި ޤާއިމް ކޮށްދޭން.

މިއަދު އޮންލައިން