ތަޢުލީމީ ލޯނަށް 651 މިލިޔަނަށްވުރެ ގިނަ ރުފިޔާ، އަދި ހިލޭ ޑިގްރީއަށް 136 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތަޢުލީމީ ލޯނަށް 651 މިލިޔަނަށްވުރެ ގިނަ ރުފިޔާ، އަދި ހިލޭ ޑިގްރީއަށް 136 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް ބޮޑު ޚަރަދެއް ކުރުމަށް ހަމަޖައްސައި، މަތީ ތަޢުލީމު ޙާސިލުކުރާ ދަރިވަރުންގެ ލޯނު ފެސިލިޓީއަށް 651 މިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވަނީ ތަޢުލީމީ ދާއިރާއަށް ބަޖެޓުން ދީފައިވާ މުހިންމު އިސްކަމާއި ތަފްސީލުތައް ހާމަކުރައްވާފައެވެ. އެގޮތުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމް އަންނަ އަހަރުވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި 136.3 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް އެޅުމުގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށާއި، ޒަމާނީ ފެންވަރުގެ ލެބޯޓްރީތަކާއި މަތީ ތަޢުލީމަށް ބޭނުންވާ ފަންނީ ވަސީލަތްތައް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަޖެޓަކީ ދަރިވަރުންނަށް މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދީ، ތަޢުލީމީ ފެންވަރު މަތިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން