އެންމެ ބޮޑު ބިން ހިއްކުމުގެ އިތުރަށް އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެންމެ ބޮޑު މަސައްކަތެއް ކުރަނީ މިސަރުކާރުން! މިހާރުވެސް ރެކޯޑް ހަދައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އެންމެ ބޮޑު ބިން ހިއްކުމުގެ އިތުރަށް އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެންމެ ބޮޑު މަސައްކަތެއް ކުރަނީ މިސަރުކާރުން! މިހާރުވެސް ރެކޯޑް ހަދައިފި!

އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދަކީ ކޮންމެ ރައީސެއްގެވެސް ވަޢުދެކެވެ. އެކަމަކު ކޮންމެ ރައީސެއްގެ ވެރިކަންވެސް ނިމިގެންގޮސްފައިވަނީ ވަޢުދުފުއްދުމަށްވާ ވަޢުދުތަކާއި ގާތަކަށްވެސް މަސައްކަތް ނުކުރެވިއެވެ. ނަތީޖާއަކަށްވަނީ މައްސަލަ ޙައްލުނުކުރެވި ދިގުލައިގެން އައުމެވެ. މިއަދާއި ހަމައަށްވެސް އެކަށީގެންވާ ޙައްލެއް ހޯދައި ނުދެވުމެވެ. ނިމިގެންދިއަ އެމްޑީޕީގެ ސަރުކާރުން އާދައާ ޚިލާފް ކަމެއް ކުރިއެވެ. އެއީ ކަނޑުފަޅުން ގޯތިދިނުމެވެ. ގޯތި ލޮލަށް ނުފެނި އަތަށް ލިބުނީ ލިޔުމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޖެހިވަޑައިގަތީ ކަނޑުފަޅުތަކުން ބިންހިއްކަވާށެވެ. އެކަންވެސް އެމަނިކުފާނު ކުރައްވައިފިއެވެ. އެއިގެ އިތުރުން ރަސްމާލެ އެދަނީ ހިކެމުންނެވެ. ފުރަތަމަ ފޭސްގައިވެސް އެތައް ހާސް ބައަކަށް ބޯހިޔާވަހިކަން ލިބޭނެގޮތްތައް އެނގެންދަވަނީ ހަމަޖައްސަވަމުންނެވެ. މިފަދަ ހުރިހާ ކަމަކުން މިހާރުވެސް ޔަޤީންކުރެވިފައިވާ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ބިންހިއްކުމުގެ ރެކޯޑާއި އެންމެ ގިނަ ބައަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ރެކޯޑް މިސަރުކާރުން މިހާރުވެސް ހޯދައިފިކަމެވެ. އެކަން ޔަޤީންކުރެވެނީ ޑައުންޕޭމަންޓް ދައްކަން މިހާރުވެސް ހަމޖައްސައިދީފައިވާ ލުއިގޮތްތަކުންނެވެ. ފުރުޞަތުގެ ބޭނުން ހިފައި ގިނަ ބައަކު ބޯހިޔާވަހިކަން ހޯދަން ކުރިމަތިލައި ކާމިޔާބުކުރަމުން ގެންދާތީއެވެ. ބަނދަރުމައްޗާއި މާލޭގެ މޫނުމަތިން ބިންހިއްކައި މަގުތަކާއި ބަނދަރު ތަނަވަސްކުރުމުން އެކަމަށް ދެކޮޅުހަދައި އެއީ ބޭކާރު ޚަރަދެއްކަމަށް އިދިކޮޅުން ބުނަމުން އައެވެ. މިހާރުވެސް އަންނަނީ ބުނަމުންނެވެ. އެކަމުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް ކުރި ބޮޑު ފައިދާ ރައްޔިތުންނަށް ތަޖުރިބާ ކުރެވެމުން އަންނައިރުވެސްމެއެވެ. ކަންކަން ތަރައްޤީ ކުރެވޭނީ އަދި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީވެސް އިޚްލާޞްތެރި ނިޔަތެއް އޮވެގެންނެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ސަބަބުން ފަތުރުވެރިކަމަށް ހީނަރުކަން ލިބި ލިބޭ އާމްދަނީ މަދުވުމުންވެސް ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވަމުން ގެންދަވާތީ ޙަސަދަވެރިވާ މީހުން އުފައްދާ ފިތުނަތަކަށް ރައްޔިތުން ތިބީ ހޭލުންތެރިވެގެންނެވެ. ރައްޔިތުން ތިބީ ކަންކަމުގެ ޙަޤީޤަތް އޮޅުވާލަން ފަތުރާ ދޮގުވަހަކަތައް ބަލައިގަންނަ ގޮތަކަށް ނޫނެވެ.

މިއަދު އޮންލައިން