ހުސްވަޤުތެއް ލިބޭ ކޮންމެ އިރަކު ގިނަގިނައިން ކިޔަން އޮތް ޛިކުރެއް! ތިބާގެ ކޮޅަށް ތިލަފަތް ބޮޑުތަނުން ބުރަކޮށްދޭނެ ޛިކުރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ހުސްވަޤުތެއް ލިބޭ ކޮންމެ އިރަކު ގިނަގިނައިން
ކިޔަން އޮތް ޛިކުރެއް! ތިބާގެ ކޮޅަށް ތިލަފަތް ބޮޑުތަނުން ބުރަކޮށްދޭނެ ޛިކުރެއް!


މިއީ ހަނދުމަކޮށްދިނުމެކެވެ. ޤިޔާމަތް ދުވަހަށްޓަކައެވެ. މީޒާނުގައި ތިމާގެ ޢަމަލުތައް ކިރައިލެވޭނެ ވަޤުތައްޓަކައެވެ. ތިމާގެ ކޮޅަށް މީޒާން ބުރަވެ ސުވަރުގެ ލިބުމަށްޓަކައެވެ. ލިބޭ ކޮންމެ ވަޤުތެއްގައި ކިތަންމެ މަދުން ނަމަވެސް ކިޔަމުން ގެންދަން އޮތް ޛިކުރެކެވެ.

 

މިހާރު ކޮންމެ މީހަކުވެސް މިއުޅެނީ ކުރަންހުންނަ މަސައްކަތްތައް ގިނަވެފައި މަސައްކަތްކުރަން ލިބޭ ވަގުތު މަދުވެގެންނެވެ. އެހެންވެ ހެޔޮ ޢަމަލުތައް ކުރާނެ ވަގުތު ނުވެގެންނެވެ. އެހެންކަމުން ގިނަ ބައަކު ބަލަނީ ވީހައި ކުޑަ ޢަމަލަކުން ވީހައި ގިނަ ޘަވާބު ލިބިގަނެވޭނެ ކަންކަން ކުރުމަށެވެ.

 

އެފަދަ މީހުންނަށް ހަދިޔާއެއްގެ ގޮތުން ޑރ. ޝަހީމްގެ މިބަސްފުޅުގެ ހަނދުމަ އައުކޮށްލަމުއެވެ.

 

ކިޔަން ފަސޭހަ، މީޒާނުގައި ބުރަ، ﷲ ގެ ލޯބިވެވޮޑިގަތުން ލިބޭނެ ދެކަލިމަ ކިޔުން ގިނަކުރާށެވެ!

 

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ދުލަށް ވަރަށް ލުއި ދެ ކަލިމައެއް ވެއެވެ. (ދޫމައްޗަށް ވަރަށް ފަސޭހަ ދެ ކަލިފުޅެއް ވެއެވެ) ﷲ ގެ ހަޟްރަތުގައި މީޒާނުގައި ވަރަށް ބުރަ ދެ ކަލިމަފުޅެއް ވެއެވެ. ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ ޙަޟްރަތުގައި އެދެކަލިމައިގެ ލޮބުވެތިކަން ބޮޑެވެ."

 

ވިސްނަވާށެވެ! ދޫމައްޗަށް ކިޔައިލަން ފަސޭހައެވެ. އެއިގެ މަތިވެރިކަން ބޮޑުކަމުން މީޒާނުގައި އެހައި ބުރައެވެ. ރަޙްމާންވަންތަ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވުމުގެ މާނައަކީ އެ ދެ ކަލި ދެކެ ﷲ ލޯބިފުޅުވެވޮޑިގެންވެއެވެ.

 

އެދެ ކަލިމައަކީ سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظِيم އެވެ.

 

މި ދެ ކަލިމަ ސަޖިދައިގަ އާއި ޛިކުރުކުރާއިރު އާއި އަދި ﷲ ހަނދުމަކުރަން އިންނަ އިނުމުގައި ކީދާނެއެވެ. އިޢްތިކާފަށް އިނދެގެންވެސް ކީދާނެއެވެ. މި ދެ ކަލިމަ ކިޔުންމަތީގައި ތިބުމުން ﷲ ގެ ލޯބިވެވޮޑިގަތުން ލިބޭނެއެވެ. މީޒާނުގަ ސަވާބު އިތުރުވެގެންދާނެއެވެ. ކިޔުމަކީވެސް އެހައި ބުރަކަމެއް ނޫނެވެ.

 

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

މިއަދު އޮންލައިން