ހެޔޮދުޢާއަށް އެދޭ މީހަކަށް ދުޢާކޮށްދިނުމަކީވެސް ކުރެވޭ ޞަދަޤާތެއް! ޝެއާކޮށްދީފިނަމަ ޘަވާބު އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހެޔޮދުޢާއަށް އެދޭ މީހަކަށް ދުޢާކޮށްދިނުމަކީވެސް ކުރެވޭ ޞަދަޤާތެއް! ޝެއާކޮށްދީފިނަމަ ޘަވާބު އިތުރުވާނެ!

އަނެކާއަށް ސިއްރުން އޭނާއަށް ހެޔޮދުޢާކޮށްދިނުމަކީ މަލާއިކަތުން އާމީންވިދާޅުވެ އެމީހަކަށްވެސް އެކަން ދެއްވެވުން އެދި ދުޢާކުރައްވަވާ ކަމަކެވެ. އެއިގެ އިތުރަށް މީހަކު ތިބާގެ ކިބައިން ހެޔޮދުޢާއަކަށް އެދިއްޖެނަމަ ދުޢާކޮށްދިނުމަކީ ކުރެވޭ ޞަދަޤާތެކެވެ.  

ބައެއް މީހުންނަށް ކަންކަން ކުރިމަތިވުމުން އެމީހުންނަށް ހެޔޮދުޢާކޮށްދިނުންއެދި ސޯޝަލްމީޑިއާގައި ޕޯސްޓްކުރެއެވެ. އަދި ދުޢާކުރިކަން ކޮމެންޓްކޮށްދިނުމަށްވެސް އެދެއެވެ. މިފަދަ ޕޯސްޓެއް ފެނުނަސް އޭނާއަށްޓަކައި ދުޢާކޮށްދޭށެވެ. ބޭނުން ނޫންނަމަ ކޮމެންޓް ނުކުރުމަކީ މައްސަލައެއް ނޫނެވެ. ދުޢާކޮށްދިނީމާ އެކަންވާނީ ތިބާގެ ފަތުގައި ލިޔުއްވަވައިފައެވެ.  

މިފަދަ ބައެއް ޕޯސްޓްތަކުގައި އެޕޯސްޓް ވީހާ ގިނަ ބައަކަށް ޝެއާކޮށްދިނުމަށްވެސް އެދިފައި ހުރެއެވެ. އެއީ ކޮށްލައިދޭން ރަނގަޅު ކަމެކެވެ. ތިބާކުރި ޝެއާއަކާއި ގުޅިގެން (ތިބާ ކުރި ޝެއާ ފެނިގެން) މީހަކު ދުޢާކޮށްފިނަމަ އެކަމަށް ތިބާއަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ  

މިހުރީ އެކަންކަމަށްބަލާއިރު ވަރަށް އާދައިގެ ކަންކަމެވެ. ވަރަށް ފަސޭހައިން ކުރެވޭނެ ކަންކަމެވެ. ކޮށްލައިގެން ވަރަށް ގިނަ ޘަވާބު ލިބިގަނެވެންވެސް ހުރި ކަންކަމެވެ. އަދި އެއްކަމެއް ވިސްނައިދޭނަމެވެ. އެކަމަމަކީ މިއަދު ތިބާގެ ދުޢާއަށް އެދިގެން އެހުރީ މީހެކެވެ. މާދަމާ ތިބާއަށްވެސް ކަމެއް ދިމާވެ އެހެން މީހުންގެ ދުޢާއަށް ބޭނުންވެދާނެއެވެ. މިހުރީ އެކަކަށްވެސް ކުރިއަށް ބުނަން ނުއެނގޭނެ ކަންކަމެވެ. ލަފާކުރަންވެސް ނުއެނގޭނެ ކަންކަމެވެ. ވީމާ އަހުރެމެންނަށް އޮތީ އެކަމަށް ވިސްނައި ހޭލުންތެރިވެގެން ތިބުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން