ޤުރްއާނަށް ވިސްނާ މީހަކަށް ވަރަށް ގިނަ ކަންކަމުގެ ޙައްލު ފެންނާނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 2މ 31ސ
ޤުރްއާނަށް ވިސްނާ މީހަކަށް ވަރަށް ގިނަ ކަންކަމުގެ ޙައްލު ފެންނާނެ! އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ޤުރްއާނަކީ ﷲ ސުބްޙަނަހޫ ވަތަޢާލާގެ ކަލާމްފުޅެވެ. ކީރިތި ޤުރްއާނަކީ އަޅުގަނޑުމެން ހުރިހާ ޙާލަތެއްގައިވެސް ހަނދުމަކުރަންޖެހޭ ފޮތެކެވެ. ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންކަމުގެ ޙައްލު ބަޔާންކޮށްދެއްވާފައިވާވެއެވެ. އެގޮތުން:       

އީމާންކަން ދައްވަނީނަމަ:  

ﷲ ތަޢާލާ އަޅުގަނޑުމެން އިންސާނުން މިދުނިޔެއަށް ފޮނުއްވާފައި ވަނީ އަޅުކަން ކުރުމަށެވެ. އެގޮތުން އަބަދުވެސް ޛިކުރުކުރުމާއި، ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުރުމަށް އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވެއެވެ. އަދި އެއީ ވަރަށް މުހިއްމު ކަމެކެވެ. 

ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ‎﴿٢٨﴾‏

މާނައީ:"އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)" ·     

ކަންބޮޑުވާނަމަ: 

ދުނިޔޭގައި އުޅޭއިރި އިންސާނުންނަށް އެތައް ކަމެއް ދިމާވެއެވެ. ހިތާމަވެރި ކަންކަން ދިމާވެއެވެ. ކަންބޮޑުވެ ވިސްނަންޖެހޭ އެތައް ކަންކަމެއް އާދެއެވެ. އަދި ކަންބޮޑުވެ ހާސްވާނަމަ އަދި ހިތާމަވެރި ކަމެއް ކުރިމަތިވެއްޖެނަމަ އެންމެ ފުރަތަމަވެސް ﷲ ތަޢާލާ ހަނދުމަކުރުމަކީ އެކަމުގެ ހެޔޮ ޖަޒާ އެމީހަކަށް ލިބިގެންދާނެ ކަމެކެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް ކެތްތެރިވުމަށް އަންގަވާފައިވެއެވެ. އަދި ކެތްތެރިންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަން ވެސް އަންގަވާފައިވެއެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 45 ވަނަ އާޔަތުގައި ވަަޙީ ކުރައްވާފައިވެއެވެ. 

وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ‎﴿٤٥﴾‏

މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) (45)"

 

މިއަދު އޮންލައިން