މަންމަ ރުއްސަން އަނބިމީހާ ނިކަމެތިކުރީމާ އެދެވެނީ ނަރަކައާ ގާތަށް! އެއީ ދީނުގަ އޮތްގޮތެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަންމަ ރުއްސަން އަނބިމީހާ ނިކަމެތިކުރީމާ އެދެވެނީ ނަރަކައާ ގާތަށް! އެއީ ދީނުގަ އޮތްގޮތެއް ނޫން!: މުފްތީ މެންކް

ބުނަން ހެއްޔެވެ؟ މަންމަ ދެކެ ވާންޖެހޭ ލޯތްބާއި އަނބިމީހާ ދެކެ ވާންޖެހޭ ލޯތްބަކީ މުޅިން ތަފާތު ދެ ލޯތްބެކެވެ. ވީމާ މިއީ މައިދައިތައާއި ޅީދަރިން ވާދަކުރަން އޮތް ކަމެއް ނޫނެވެ. ވާދަކުރެވެން އޮތްކަމެއްވެސް ނޫނެވެ.  

ދަރިފުޅު ރަނގަޅު ގޮތުގައި އަނބިމިހާއާއިއެކު އެޅޭނަމަ ތިމާގެ ބަނޑުގައި 9 މަސްދުވަހު އޮތްވާހަކައާއި ބަލައި ބޮޑުކުރަން މަސައްކަތްކުރި ވާހަކަ ދައްކައި ދަރިފުޅަށް ބިރުނުދައްކާށެވެ. އެކަމުގެ އަގަކަށް އަނބިމީހާއަށް ދެރަގޮތެއް ހަދާކަށް ދީނަކު ނެތެވެ. އެކަމުގެ އަގަކަށް ކުރަންޖެހޭ ކަމަކީ މައިމިހާދެކެ ލޯބިވެ، އަޅާލައި ހެޔޮކޮށް ހިތުމެވެ.

ލޮބުވެތި މައިންނޭވެ! ދަރިންނަށްޓަކައި ބުރަ އުފުލިފަދައިން ދަރިންގެ ކައިވެނި ކާމިޔާބުކޮށްދޭންވެސް މަސައްކަތްކުރާށެވެ! އެކަމަށް ޘަވާބުވެސް ދެއްވަވާނެތެވެ. އަދި ދަރިންގެ ލޯތްބާއި އަޅައިލުންވެސް ލިބޭނެތެވެ. ދަރިން ކިތަންމެ ގިނަ ކައިވެނި ކުރިނަމަވެސް އަދި 4 އަނބިން ހަމަކޮށްގެން ގެންގުޅުނު ނަމަވެސް އެކަމުން މައިންނަށް އުނިވާނެ ކަމެއް ނެތެވެ.  

ދަރިންގެ ކައިވެނީގެ ތެރެއަށް ވަދެގަނެގެން އުޅޭނަމަ ދަރިން މައިންނާ ދުރަށް ޖެހެއެވެ. އެއީ މައިމީހާ ދެކެ ލޯބިނުވާތީއެއް ނޫނެވެ. އަދި އަނބިމީހާގެ ކޮޅަށް ބުރަވާތީއެއްވެސް ނޫނެވެ. މަންމަގެ ސަބަބުން ދިރިއުޅުމަށް ނުރަނގަޅު ގޮތްތައް މެދުވެރިވާތީއެވެ. ވަރަށް ކުރުކޮށް މިބުނެދިން ކަންކަމަށް ވިސްނާނަމަ ކުރާނެ ފައިދާ ބޮޑުވާނެއެވެ.  

އަހުރެންގެ އެކުވެރި އަންހެނެއްގެ ހުންނަނީ އެންމެ ފިރިހެން ދަރިއެކެވެ. އޭނާ ކައިވެނިކޮށްގެން އަނބިމިހާ ގެއަށް ގެނައުމާއެކު ގޭގެ ވެރިކަން ޙަވާލުކުރީ ޅީދަރިފުޅަށެވެ. ނަތީޖާ ބުނަން ހެއްޔެވެ؟ އަމިއްލަ އަންހެން ދަރިންނަށްވުރެ ޅީދަރިފުޅުގެ ހެޔޮކަން މާބޮޑެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން