ނަމާދުކުރަން ބުނުމުން އިންކާރުކޮށް ނަމާދުނުކުރާ ފިރިއަކާއެކު އުޅެން ހުއްދަވާނެކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. މިސުވާލު އެހާގިނަ އެވަނީ ދުލުން އިންކާރުނުކުރިނަމަވެސް ޢަމަލުން އިންކާރުކުރާތީއެވެ. ޢަމަލުން އިންކާރުކުރުމަކީ ނަމާދުނުކުރުމެވެ.
މިޘާލެއް ބުނެލާނަމެވެ. ޢިލްމްވެރިންގެ ބަސްފުޅުންނެވެ. ފިރިމީހާއަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭން އެދުމުން ކޮށްނުދޭނެ ކަމަށް ނުބުނި ނަމަވެސް ކޮށްނުދޭނަމަ އެކުރަނީ އިންކާރެވެ. ނަމާދުކުރުމަކީ ކުރަން ބޭނުންވާ މީހާއަށް ކުރެވޭނެ ކަމެކެވެ. ނުކުރާނަމަ އެހުންނަނީ އިންކާރުކޮށްގެންނެވެ.
ނަމާދުކުރުމަށް ދެމަފިރިންވެސް އެކަކު އަނެކަކަށް ހިތްވަރުދޭންވާނެއެވެ. ވާގިވެރިވާން ވާނެއެވެ. އަނިބިމީހާ ފިރިމީހާއަށް ވާގިވެރިވާން ވާނެއެވެ. ފިރިމީހާ އަނބިމީހާއަށް ވާގިވެރިވާން ވާނެއެވެ.
މިއީ ކެތްތެރިވާން ވެސް ޖެހޭ ކަމެކެވެ. ނަމާދުކުރުމުގެ އާދަ ހިފިފައި ނެތް މީހަކަށް ކުއްލިއަކަށް ނަމާދުކުރަން ފެށުމަކީ އެހައި ފަސޭހަކަމަކަށްވެސް ނުވެދާނެއެވެ. ވީމާ ނަޞޭޙަތްތެރިވުމާއިއެކު ކެތްތެރިވާން ޖެހޭނެއެވެ.
މިގޮތުން ކުރެވޭ މަސައްކަތުގެ ނަތީޖާ ފެނުން ގާތްވާނެއެވެ. ނަމަވެސް ކަނޑައެޅިގެން ނަމާދުކުރަން ދެކޮޅު ހަދައި އިންކާރުރުކޮށްފިނަމަ އެއީ އޮޓޮމެޓިކުން ކައިވެނި ރޫޅިގެންދާ ޙާލަތެކެވެ. ނަމަވެސް މައްސަލަ ނިންމަންވާނީ ޝަރުޢީ މަރުޙަލާގެ ތެރެއިން ކޯޓުތަކުންނެވެ.
- ޝައިޚް މުޙައްމަދު ޠައްޔިބް ޢަބްދުލްޙަކީމްގެ ބަސްފުޅަކުން
ގުޅުންހުރި ވީޑިއޯ:
https://www.facebook.com/reel/241578030554411
.