އަލަށް ތަހައްޖުދްނަމާދުކުރަން ފަށާ މީހަކަށް އޮތް އެންމެ ލުއިގޮތް-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަލަށް ތަހައްޖުދްނަމާދުކުރަން ފަށާ މީހަކަށް އޮތް އެންމެ ލުއިގޮތް-

ފުރަތަމަ ކަމަކަށް ބުނެލާނަމެވެ. ތަހައްޖުދްނަމާދު ކިޔުމުން ވިސްނެނީ އެއީ އެއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައެވެ. ކުރަން ދަތި އުނދަގޫ ކަމެއްގެ ގޮތުގައެވެ. ވީމާ ފަސޭހަކޮށްލައިދޭނަމެވެ. އެއީ ހަމަ ރަވާތިބް ސުންނަތް ފަދަ ވަރަށް ލުއިމަގަކުންވެސް ކުރެވެން އޮތް ނަމާދެކެވެ. ތަހައްޖުދްނަމާދު ނުވަތަ ރޭއަޅުކަމަށްވަނީ ކުރާ ވަޤުތުގެ ގޮތުންނެވެ.  

ތިބާ ޢިޝާނަމާދަށްފަހު ރަވާތިބްސުންނަތް ކުރަމު ނޫން ހެއްޔެވެ؟ އެއްގޮތަކީ ރަވާތިބް ސުންނަތަށްފަހު ވިތުރީގެ ފުރަތަމަ ދެރަކްޢަތް ކުރުމެވެ. ދެން ރޭއަޅުކަމުގެ ދެރަކްޢަތްކުރުމަށްފަހު އަނެއް ރަކްޢަތް (އެކަހެރިކޮށްކުރާ ރަކްޢަތް) ކުރާނީއެވެ. ނޫންނަމަ ރޭއަޅުކަމުގެ ރަކްއަތް ތިބާ ބޭނުން ޢަދަދަކަށް ކޮށްފައި ވިތުރިގެ 3 ރަކްޢަތް ކުރާނީއެވެ. ފަސޭހަގޮތެއް އަމިއްލައަށް އިޚްތިޔާރުކުރާށެވެ!  

ދެން އޮތީ ރޭއަޅުކަމުގެ ދެރަކްއަތެވެ. އެއީ އެމީހަކު ބޭނުންވަރަކަށް ދިގުކޮށް އަދި ކުރުކުރެވެން އޮތް ނަމާދެކެވެ. ދާދި ފަހުން އަންހެނަކު ރޭއަޅުކަންކުރަންފެށީ 2 ރަކްއަތުންނެވެ. އޭނާ ފުރަތަމަ ރަކްއަތުގައި ކިޔަވަންފެށީ ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތެވެ. ފަހުރަކްޢަތުގައި ކިޔެވީ އިޚްލާޞްސޫރަތެވެ. އެކަމަކު މިހާރު ކުރު ދިގު ސޫރަތް ކިޔަވައެވެ. މިބުނީ މުލްކް ސޫރަތް ފަދަ ސޫރަތްތައް ކިޔަވާ ވާހަކައެވެ. މިހާރު އޭނާއަށް ހިތްހަމަޖެހުން ލިބެނީ ދިގުކުރެވުނު ވަރަކުންނެވެ. 8 ރަކްޢަތްވެސް ކުރެވުނީމައެވެ.  

ވީމާ ތަހައްޖުދް ނަމާދުކުރުމަކީ ބުރަކަމެއް ކަމަށް ދެކެގެން ކުރަން ނުފަށައި ނުތިބޭށެވެ! ކިތަންމެ ކުރުކޮށް ނަމަވެސް ކުރަންފަށާށެވެ. އެކަމުގެ ސަބަބުން މީހާގެ ހުރިހާ ކަމަކަށްވެސް ހެޔޮބަދަލުތައް އަންނަންފަށާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން