ދުނިޔޭގަ ކިތަންމެ ބޮޑު އަރާމެއް ލިބުނަސް އެއީ އަރާމެއް ނޫން! ސުވަރުގޭގެ އަރާމަށް އެދޭމީހާ ޢަމަލުކުރަން އޮތީ މިގޮތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ދުނިޔޭގަ ކިތަންމެ ބޮޑު އަރާމެއް ލިބުނަސް އެއީ އަރާމެއް ނޫން! ސުވަރުގޭގެ އަރާމަށް އެދޭމީހާ ޢަމަލުކުރަން އޮތީ މިގޮތަށް!

އަހުރެމްނެގެ ތެރެއިން ގިނަބައަކަށް ވިސްނިފައި އޮންނަނީ ދުނިޔޭގައި އަރާމުގައި އުޅެވޭނަމަ އެއޮތީ ހުރިހާ އަރާމެއް ލިބިފައި ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ އެއްވެސް އަރާމެއް ނޫނެވެ. ދެރައީ ގިނަ ބައަކަށް އެކަން ނުވިސްނޭ ކަމެވެ.  

އިމާމް އަޙްމަދު رحمه الله އަށް ދެންނެވުނެވެ. އަރާމުގެ ރަޙަ ލިބުން އޮތީ ކޮންއިރަކުންތޯއެވެ؟ ވިދާޅުވިއެވެ. “ސުވަރުގޭގައި އަޅާ ފުރަތަމަ ފިޔަވަޅާ އެކުގައެވެ." [طبقات الحنابلة لابن أبي يعلى (1 / 293)] 

އަހުރެމެންގެ ޚަލީފާއިންގެ ތެރެއިން ބޭކަލަކު ވިދާޅުވެފައިވެއެވެ. "ސުވަރުގޭގައި އެއްފައިންޕުޅު އެލުއްވެވުނަސް އަދި ހިތްޕުޅަށް ހަމަޖެހުމެއް ނެތެވެ. ހަމަޖެހުމެއް އޮތީ ދެފައިންޕުޅު އެކުގައި އެޅުއްވެވުމުންނެވެ."  

މިފަދަ ބަސްފުޅުތަކުން އެނގެނީ ސުވަރުގެ ހޯއްދެވުމަށްޓަކައި އެބޭކަލުންގެ ހިތްޕުޅުގައި ސަމާލުކަން އޮންނަލެއް ބޮޑުކަމެވެ. ކުރައްވާ ކޮންމެ ޢަމަލަކީވެސް ޘަވާބު ދެއްވަވާނެ ޢަމަލަކަށް ހައްދަވަން މަސައްކަތްކުރައްވާ މިންވަރެވެ.  

އަހުރެމެންވެސް މަސައްކަތްކުރަންވީ އެގޮތުގައެވެ. ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އެއިރުން އެމީހަކަށް ކުރެވޭ ކޮންމެ ކަމެއްވެސް ވާނީ ހެޔޮ ޢަމަލަކަށެވެ. ސުވަރުގެ ލިބުމަށް އެދިގެން މަސައްކަތްކުރަން އޮތް ގޮތަކީ އެއީއެވެ.

ގުޅުންހުރި ލިޔުމެއް-:   

ޒުވާންކަމުގެ ދައުރު ޢިލްމަށްޓަކައި ހޭދަކޮށްފިމީހާ ފަހެ ހަމަކަށަވަރުން މުސްކުޅިވުމުން އޭނާ އިންދި އަދި ކެނޑިއެއްޗަކަށްޓަކައި ޝުކުރުކުރާނެއެވެ. އަދި އޭނާ އެއްކުރި އެއްޗެއް، ލިޔެ އެކުލަވާލުމުގެ ލައްޛަތު ލިބިގެންދާނެއެވެ. އަދި ޙާޞިލުވާ ޢިލްމުގެ ލައްޛަތްތަކަށް ބަލާ، ހަށިގަނޑުގެ ލައްޛަތުތަކުން ގެއްލޭ ކަންކަމީ އެއްވެސް އެއްޗެއްކަމުގައި ނުދެކޭނެއެވެ. 

އިމާމް އަޙްމަދު رحمه الله އަށް ދެންނެވުނެވެ. އަރާމުގެ ރަޙަ ލިބުން އޮތީ ކޮންއިރަކުންތޯއެވެ؟ ވިދާޅުވިއެވެ. “ސުވަރުގޭގައި އަޅާ ފުރަތަމަ ފިޔަވަޅާ އެކުގައެވެ." [طبقات الحنابلة لابن أبي يعلى (1 / 293)] 

އެކަމަށް އެދުމުގައި ތިބާ ތެދުވެރިވި ވަރަކަށް ﷲ ތިބާއާއެކު ވޮޑިގެންވާނެއެވެ. އަދި އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވި މިންވަރަކަށްވެސް މެއެވެ. އަދި އެއިލާހުގެ ޙަޟްރަތުން މެނުވީ އަޅާއަށް އެއްވެސް އާރެއް އަދި ބާރެއްވެސް ނުވާކަމަށް އިޢުތިރާފުވުމުންނެވެ.  

[خطوات إلى السعادة لد. عبدالمحسن القاسم (ص:  68)]

 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން