ވަރަށް ފަސޭހައިން ތިބާގެ ފޯނުން ތިބާއަށް ޘަވާބު އިތުރުކުރަން ކުރެވިދާނެ ދެކަމެއް!: މުފްތީ މެންކް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ވަރަށް ފަސޭހައިން ތިބާގެ ފޯނުން ތިބާއަށް ޘަވާބު އިތުރުކުރަން ކުރެވިދާނެ ދެކަމެއް!: މުފްތީ މެންކް

އެއްވެސް ޝއްކެއް ނެތެވެ. ސުވަރުގެ ދިއުމަށް އެދޭމީހާ ފުރަތަމަ ކަމަކަށް ކުރަން އޮތްކަމަކީ ޝަހާދަތް ކިޔައި ޝަހާދަތް ޤަބޫލުކޮށް އިސްލާމަކު ކަމަށްވުމެވެ. އެއަށްފަހު ކުރަން އޮތް ކަމަކީ ފަރުޟް 5 ނަމާދަށް ރައްކައުތެރިވުމެވެ.  

ފަރުޟް ނަމާށދުތަކަށް ރައްކއުތެރިވެގެން ހުންނަ މީހާއަށް ފަސޭހައިން ޘަވާބުއިތުރުކުރެވޭނެ އެތައް ގޮތްތަކެއް މިހާރު ވަނީ ފަހިވެފައެވެ. އެއިގެ ތެރެއިން އެންމެ ފަސޭހަ އެއްގޮތަކީ ސޯޝަލް މީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.  

އެގޮތުން ދެކަމެއް ކުރެވިދާނެއެވެ. ފުރަތަމަ ކަމަކީ ފެންނަ ޞައްޙަކަން ތިމާއަށް ޔަޤީންކުރެވޭ ޕޯސްޓްތައް ކިޔުމާއި ޢިލްމްވެރިންގެ ބަސްފުޅުތައް އަޑުއަހުމެވެ. އެއިރުން މަޢުލޫމާތު މުއްސަނދިވުމުގެ އިތުރަށް ދީން އުނގެނެން މަސައްކަތްކުރާކަމުގެ ޘަވާބުވެސް ދެއްވަވާނެތެވެ.  

ދެވަނަ ކަމަކީ މިބުނި ފަދަ ތިމާއަށް ޞައްޙަކަން ޔަޤީންކުރެވޭ ޕޯސްޓްތައޝެއާކުރުމެވެ. އެއިރުން ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ ކުރިއަރުވަން މަސައްކަތްކުރުމުގެ ޘަވާބު ދެއްވަވާނެތެވެ. ތިބާގެ ޝެއާތައް މީހުން ބެލުމުން އެކަމަށްވެސް ޘަވާބު ދެއްވަވާނެތެވެ.  

ވީމާ މިހުރީ އެއްވެސް ތަކްލީފެއް އުފުލަން ނުޖެހި ނުހަނު ފަސޭހައިން ޘަވާބު ހޯދެން ހުރި މަގުތަކެވެ. އޮތީ ސަމާލުކަންދީގެން ޘަވާބު އިތުރުކުރަން މަސައްކަތްކުރުމުގައި ހީވާގިވުމެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން