ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަށް ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުން އެންމެންނަށް ބޮޑެތި ފައިދާތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަށް ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުން އެންމެންނަށް ބޮޑެތި ފައިދާތަކެއް!

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒު، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި މައުރަޒުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެން ގޮސްފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ކުރިއަށްގެންދިޔަ މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމަށް މި ދާއިރާއިން ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ހަރަކާތް ކަމަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވި މި މައުރަޒުން ފެނިގެންދިޔައީ ގިނަ ބައެއްގެ އުންމީދާއި ޚިޔާލު ބޭނުންކޮށްގެން ދިވެހިން ކޮށްފައިވާ ބުރަ އަދި ބިނާކުރަނިވި މަސައްކަތްތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މައުރަޒުގެ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދިފައިވުމަކީ މި ހަރަކާތަށް ލިބުނު ބޮޑު ތަރުޙީބާއި ކާމިޔާބީ ހާމަކޮށްދޭ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ މައިގަނޑު އަމާޒަކީ އައު ވިޔަފާރިތައް ފެށުމާއި މިހާރު ހުރި ވިޔަފާރިތައް އިތުރަށް ފުޅާކުރުން ކަމަށްވާއިރު، މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެ ފަރާތްތަކުގެ އުފެއްދުންތަކަށް އެކަށީގެންވާ ރަނގަޅު މާކެޓެއް ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މުހިންމު އަމާޒަކީ މިފަދަ އުފެއްދުންތަކަށް އިތުރު މާކެޓުތައް ހޯދައިދީ، ޤައުމުގެ އިޤުތިޞާދު ސިންދަފާތުކޮށް ކުރިއެރުވުމެވެ. އެގޮތުން، 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިކޮނޮމީއިން ހިއްސާކުރާ މިންވަރަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް އިޤުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން