ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ފަސްޓް ލޭޑީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ މި ދުވަހާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެކަމަނާގެ ޕޯސްޓުގައި، ދިވެހި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ބަޠަލުންނާއި، ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވި މާތް ޝަހީދުންގެ ޒިކުރާ އައުކުރައްވައި އެބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖެ މިނިވަންކަމާއި ސިޔާދަތުގެ މަތިވެރި ނިޢުމަތުގެ މަތީގައި އަބަދުމެ ލަހައްޓަވައި، ޤައުމަށް އަމާންކަމާއި ފާގަތިކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންވެސް އެކަމަނާ ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.