ފުރާނައާއިމެދު އެއްވެސް ކަމެއް ސައިންސްވެރިންނަށް ނުހޯދޭނެކަން ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ފުރާނައާއިމެދު އެއްވެސް ކަމެއް ސައިންސްވެރިންނަށް ނުހޯދޭނެކަން ޤުރްއާނުން!

އެގޮތުން ﷲ ތަޢާލާ އިސްރާ ސޫރަތުގެ 85 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَيَسْـَٔلُونَكَ عَنِ ٱلرُّوحِ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا ‎﴿٨٥﴾‏

މާނައީ: ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ. (85) 

މިބަސްފުޅަށް ބަލާށެވެ! "ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ."  

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ އެއްވެސް ކަމެއް މިހައިތަނަށް އެއްވެސް މީހަކަށް ދޮގުކުރެވިފައެއް ނުވެއެވެ. ނުވެސް ކުރެވޭނެއެވެ. ކުރިން ބުއްދިއަށް ޤަބޫލުނުކުރެވުނު އެތައް ކަމެއްގެ ޙަޤީޤަތް މިހާރުވެސް ވަނީ އަންގަވައިދެއްވަވައިފައެވެ. އެކަންކަން ހާމަކުރަމުން އެގެންދަނީ ސައިންސްވެރިންނެވެ. ސައިންސް ޤަބޫލުކުރާ ގިނަ ބައަކު އިސްލާމްވަމުން އަންނަ ސަބަބަކީވެސް އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން