ކޮންމެ ދެމަފިރިއަކަށް އަގުހުރި ނަބީޙަތެއް!: މިވިސްނުމުގަ ދިރިއުޅޭ ދެމަފިރިން އަބަދުވެސް ތިބޭނީ އުފަލުގަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކޮންމެ ދެމަފިރިއަކަށް އަގުހުރި ނަބީޙަތެއް!: މިވިސްނުމުގަ ދިރިއުޅޭ ދެމަފިރިން އަބަދުވެސް ތިބޭނީ އުފަލުގަ! އިން ޝާ ﷲ

އެ ދެ ޒުވާނުންވެސް ކައިވެނިކުރީ ލޯބިވެގެން ދުވަސްތަކެއް ހޭދަކޮށްފައެވެ. ވަރަށް ޠޯހިރު ގޮތުގައެވެ. ދެމީހުންގެވެސް ބޭނުމަކީ އެޠޯހިރުކަން ޢުމުރަށް ދެމެހެއްޓުމެވެ. އެންމެ ލޯބިން އެކުގައި ޢުމުރު ހޭދަކުރުމަށެވެ.  

އެކުގައި އުޅެންފަށައި ދުވަސްކޮޅެއްވީއިރު ފިރިމީހާއަށް ކަމެއް ފާހަގަކުރެވިގެން އަނބިމީހާއާއި ސުވާލުކުރިއެވެ. "ކޮންމެ ރެއަކުވެސް ނުކެވި އިތުރުވާބައި ފްރިޖަށް އެބަލަމުއެވެ. އެކަމަކު ފަހުން އަހުރެންނަކަށް ކާކަށް ނުދެއެވެ. އުކާލަނީ ހެއްޔެވެ؟ އުކައިލަނީނަމަ ފްރިޖަށްލަނީ ކީއްކުރަން ހެއްޔެވެ؟"  

އަނބިމީހާ ބުނީ އެތަކެތި ކަނީ އޭނާ ކަމަށާއި ފިރިމީހާއަށް ތާޒާކޮށް ތައްޔާރުކޮށްފައި ކާންދެނީ ކަމަށެވެ. ފިރިމީހާ ވަރަސް ދެރަވެފައި ބުންޏެވެ. "ތިއަގޮތަށް ކަންތައްކުރާނަމަ ޢުމުރަށްވެސް ކާންޖެހޭނީ ބާކީވެފައި ހުންނަ އެއްޗެތި ނޫންހެއްޔެވެ؟ އެއީ އިންޞާފެއް ނޫނެވެ. މީގެފަހުން ބާކީވެފައި ހުންނަ އެއްޗެތި ކާނީ ދެމީހުންނެވެ. އެކަމަކަށް ޝަކުވާއެއް ނުކުރާނަމެވެ. އަދިވެސް ބުނަންހެއްޔެވެ؟ މުހިންމީ ކޮންމެ ފަހަރަކު ތާޒާކޮށް ކައްކައިގެން މީރުކޮށް ކެއުމެއް ނޫނެވެ. މުހިންމީ ދެމީހުންގެ ލޯބި ތާޒާކުރުމެވެ. ފުރަތަމަ ދުވަހާއި އެއްގޮތަށް ލޯބިން މަރުވަންދެންވެސް އުޅުމެވެ. ވީމާ ތާޒާކުރަން މަސައްކަތްކުރަންވީ ދެމީހުންގެ ގުޅުމެވެ."

އަނބިމީހާއަށް އުފަލުން ރޮވުނެވެ. ބުނީ އެއީ މަންމަ ދަސްކޮށްދީފައިހުރި ގޮތް ކަމަށެވެ. އަދި ފިރިމީހާ ދެއްކި ވާހަކަތައް އަބަދުވެސް ހަނދާންބަހައްޓާނެ ކަމަށެވެ.  

ލޮބުވެތި އެކުވެރިންނޭވެ! އެފިރިމީހާ އެބުނީ ތެދަށެވެ. އެދެއްކީ ސަތޭކައިން ސަތޭކައިގެ ވާހަކައެކެވެ. މީރުކޮށް ކާންވާނެއެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީއެއީއެއްނޫނެވެ. އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކުދެކެ ލޯބިވުމާއި އެލޯބި ދެމެހެއްޓުމެވެ. އަޅައިލުމެވެ. އަނެކާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމެވެ. އުފާވެރި ދިރިއުޅުމެއްގެ އެންމެ މުހިންމު އަސާސަކީ އެއީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން