އިޓަލީގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު ސަޢީދު ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އިޓަލީގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު ސަޢީދު ބައިވެރިވެވަޑައިގެންފި

އިޓަލީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ހަފްލާގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއާއި އިޓަލީއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގައި އިޓަލީން ވެދީފައިވާ ބޮޑު އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ޓެކްނޮލޮޖީ އަދި އީޖާދީ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދެގައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންގޮސް، ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރު ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، ވ. އަތޮޅުގައި ހިނގައިދިޔަ ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގެ ތެރޭގައި ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި، އޭނާގެ ހަނދާންތައް މިނިސްޓަރު އާކުރެއްވިއެވެ. އަދި މި ދަތި ދަނޑިވަޅުގައި އިޓަލީ ސަރުކާރާއި އެގައުމުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އެއްބާރުލުމާއި ހަމްދަރުދީއަށްޓަކައި މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން