ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓަކީ ކޮންމެ އަހަރަކު އެއްފަހަރު ސާވޭކޮށް، އެންޑޯޒްމަންޓް ހޯދަންޖެހޭ އެއްޗެއްގެ ގޮތުގައި ހަމަޖައްސައި، އެ ސެޓްފިކެޓްގެ މުއްދަތު ފަސް އަހަރަށް އިތުރުކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން، ސ. ހިތަދޫ ރީޖަނަލް ޕޯޓުގެ ޕޯޓް ސެކިއުރިޓީ އޮފިސަރުންނާއި ކަމާގުޅޭ އެހެނިހެން ދާއިރާތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
މި ސެޝަންގައި، ސެޓްފިކެޓްގެ މުއްދަތު ގުނާނެ ގޮތާއި، އަހަރީ އެންޑޯޒްމަންޓްތައް ފުރިހަމަކުރަންޖެހޭ މުއްދަތުތަކުގެ އިތުރުން، ސެޓްފިކެޓްގައިވާ ތަފުސީލުތައް ކަށަވަރުކުރުމާއި ފަޅުވެރިން ބަދަލުވުމުގައި އަމަލުކުރާނެ އިޖުރާއަތްތަކާ ގުޅޭގޮތުން ވަނީ އިރުޝާދު ދީފައެވެ.
ހަބަރު: ސަރުކާރު