ވެށިފަހި މާލެއިން ދައުލަތަށް ލިބުނު ބިންތައް ވިއްކަން ނިންމައި، ތަފްސީލުތައް އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ވެށިފަހި މާލެއިން ދައުލަތަށް ލިބުނު ބިންތައް ވިއްކަން ނިންމައި، ތަފްސީލުތައް އާންމުކޮށްފި

'ވެށިފަހި މާލެ' ޕްރޮގްރާމުގެ ދަށުން 2011 ވަނަ އަހަރު ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން 48 ބިމެއް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމައިފިއެވެ.

މި އުސޫލުގެ ދަށުން ބިން ގަތުމުގެ ފުރުސަތު ހަމަޖެހިފައިވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށެވެ. އެގޮތުން ބިންތައް ގަތުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ރަސްމީކޮށް ހުޅުވާލާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ އަދަދު:

- މާފަންނު: 21 ބިން

- މައްޗަންގޯޅި: 10 ބިން

- ހެންވޭރު: 9 ބިން

- ގަލޮޅު: 7 ބިން

- ވިލިމާލެ: 1 ބިން

މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓެއް 2،000 ރުފިޔާ ގެ މަގުންނެވެ.

ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ޗާޓާއި އިތުރު ތަފްސީލުތައް އާދިއްތަ ދުވަހުން ފެށިގެން ހައުސިންގ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރާނެއެވެ. އަދި ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެކަމަށް އެދޭ ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ.

މިއަދު އޮންލައިން