ކުލި ދައްކައިގެން މިލްކުވާ ގޮތަށް ހަދާ ބީއެމްއެލްގެ ފްލެޓ୍ތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުލި ދައްކައިގެން މިލްކުވާ ގޮތަށް ހަދާ ބީއެމްއެލްގެ ފްލެޓ୍ތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ 'އެފޯޑަބަލް ހޯމް ލީސިންގ' އިން ހުޅުމާލެ ފޭސް 1 ގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ބާރު ސްޕީޑެއްގައި ފަށައި، ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ކުރިއަށްގެންދަން ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްޤީކުރަނީ ޖުމްލަ 364 ޔުނިޓެވެ. މީގެ ތެރެއިން މިހާރު 182 ޔުނިޓެއްގެ ފައުންޑޭޝަން މަސައްކަތް ނިންމައި، ކޮންކްރީޓް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގް ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ހިންގާ މަޝްރޫޢެކެވެ. މިއީ ކުލި ދައްކައި ނިމުމުން އެ ފަރާތަކަށް ތަން އެއްކޮށް މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ އަދި ލުއި ކުއްޔެއްގައި ދޫކުރާ ގޮތަށް ފަރުމާކޮށްފައިވާ ފްލެޓްތަކެކެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހުރިހާ ޔުނިޓުތަކުގެ މަސައްކަތް އެއްކޮށް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި ކަސްޓަމަރުންނާ ހަވާލުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މިއަދު އޮންލައިން