ހުޅުމާލޭ ލަކުޑި ޖެޓީއަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް ނިންމުމަށް ފަހު، އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.
މި ޖެޓީއަށް ގެއްލުން ލިބުނީ ހުޅުމާލެ ފަޅުތެރެއަށް ވަތް ބާޖެއް ޖެހުމުގެ ސަބަބުންނެވެ. އެ ހާދިސާގައި ޖެޓީގެ ސްޓްރަކްޗަރއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ތަން ބޭނުންކުރުން ވަގުތީގޮތުން އޮތީ މެދުކަނޑާލައިފައެވެ.
އެއަށްފަހު ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. މަސައްކަތް އެއްކޮށް ނިންމައި މިހާރު ވަނީ އާންމު ދަތުރުފަތުރަށާއި ބޭނުންތަކަށް ޖެޓީ އަލުން ހުޅުވާލާފައެވެ.