ތިބާގެ ޙަޔާތުން ވަކިވެގެންދާނީ އެކަމަށް ލިޔުއްވެވިގެންވާ މީހާއެވެ. ތިބާއާއިއެކުގައި ވުމަށް ލިޔުއްވިގެންވާ މީހާ ހޯދަން އުޅޭކަށް ނުޖެހޭނެއެވެ. އޭނާއަށް އާދޭސްކުރާކަށްވެސް ނުޖެހޭނެއެވެ. އެމީހާ ތިބާގެ ގާތަށް ފޮނުއްވަވާނެތެވެ!
ވަކިވެގެން އެދިއަ މީހާއާއިމެދު ނިކަން ވިސްނާލަބަލާށެވެ! ތިބާ އޭނާދެކެ އިންތިހާއަށް ލޯބިވަމުއެވެ. އެހެންވެ ދެމީހުން ޢުމުރަށް އެކުގައިވުމަށް ތިބާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރީމުއެވެ. އެކަމަކުވެސް ވަކިވެގެން އެދިއައީއެވެ.
ވިސްނާށެވެ! ތިބާއާއި މީހަކު ވަކިކުރައްވަވާނީ އޭނާއާއިއެކުގައިވުމުން ތިބާއަށް ލިބެންހުރި ބޮޑެތި ދެރަތަކުން ސަލާމަތްކުރެއްވެވުމަށެވެ. އެކަން އަހުރެމެންނަށް ނުއެނގެނީއެވެ.
އޭނާގެ ހިތް ތިބާއާއިމެދު ބަދަލުވަމުން އައިގޮތް ތިބާއަށް ނުއެނގެނީއެވެ. ތިބާއަށް ދެރަލިބޭނެ ގޮތަށް ރާވަމުން އައިކަންކަން ތިބާއަށް ނުއެނގެނީއެވެ. ނަމަވެސް އެހުރިހާކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެއްވެސް މީހަކު ތިބާއާ ވަކިވުމަކީ ކުރިއަށްދާން އޮތް މަގު ބަންދުކުރެއްވެވުމެއް ނޫނެވެ. ބަދަލު އެކުރައްވަވަނީ މިސްރާބެވެ.
އެމީހާ ތިބާއާ ވަކިއެކުރެއްވެވީ ތިބާއަށް ފައިދާއަކަށެވެ. ތިބާއަށް ރަޙްމަތަކަށެވެ. ވިސްނާށެވެ! ކޮންމެ މީހަކީ ތިބާ ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާނެ މީހެއް ނޫނެވެ. އެމީހަކު ކާކުން ތިބާއަށް ނުއެނގުނަސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާގެ ނިންމެވުމަށް ދެކޮޅުނުހަދާށެވެ! ތިބާއާއި ވަކިވެގެންދާ މީހާއަށް އާދޭސްކުރަމުން ފަހަތުން ނުހިނގާށެވެ!
އެކަމަކު ބުނަން ހެއްޔެވެ؟ މިނިޢުމަތްތައް މިންވަރުކުރައްވަވާނީ ތަޤްވާވެރިވެ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙުމަތަށް އެދިގެން މަސައްކަތްކުރާ މީހުންނަށެވެ. ވީމާ މިބުނި ނިޢުމަތްތައް ލިބުމަށް އެދޭނަމަ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ރަޙުމަތް ޙައްޤުވާ މީހަކަށްވާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން