މަންމަގެމަތިން ހަނދާން ނައްތައިލި ދަރިއަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ- ކޮންމެ ދަރިއަކަށް ވަރަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
މަންމަގެމަތިން ހަނދާން ނައްތައިލި ދަރިއަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ- ކޮންމެ ދަރިއަކަށް ވަރަށް އަގުހުރި ފިލާވަޅެއް!

މަންމަގެ ތިބެނީ ދެދަރިންނެވެ. ފިރިހެންދަރިފުޅު އުޅެނީ އޭނާއާއިއެކުގައެވެ. އަންހެން ދަރިފުޅު ކައިވެނިކޮށްގެން ދިރިއުޅެނީ އެހެން ރަށެއްގައެވެ.

އެއީ ހިތްވަރު ގަދަ މަންމައެކެވެ. ދޮށީ ދަރިފުޅަށް 5 އަހަރުގައި ފިރިމީހާ ވަކިވެގެން ދިއުމުން އަމިއްލައަށް ބުރަމަސައްކަތްކޮށްގެން ދެދަރިން ގެންގުޅެ ބޮޑުކުރި މަންމައެކެވެ. އެކަމަށް އޭނާ ފަޚުރުވެރިވެއެވެ. އެއީ އެވަރުގެ ހިތްވަރެއް އޭނާއަށް ﷲ ދެއްވެވީތީއެވެ.  

މަންމަގެ ޢުމުރުން 50 އަހަރުގައި ދަރިފުޅު ބޭނުންވީ ގެއާއި ގޯތި ވިއްކާލައި ލިބޭ ފައިސާއިން ފްލެޓެއްގަނެގެން ދިރިއުޅޭށެވެ. މަންމަ ބުނީ އެކަމަށް އެއްބަސްނުވާނެ ކަމަށެވެ. މަރުވަންދެންވެސް އިންނަން ބޭނުންވަނީ އެގޭގައި ކަމަށެވެ. އެކަމަށް ނުރުހި އަނބިމީހާ އާއި 3 ދަރިން ގޮވައިގެން އަނބިމީހާގެ ގެއަށް ބަފަލުވީއެވެ. މަންމަގެ މަތިން ހަނދާން ނައްތައިލީއެވެ. ދެކަލަން ނުދާތަނުގައި ގުޅައިވެސް ނުލައެވެ.  

ގެއިން ނުކުތްތާ 3 ވަނަ އަހަރު ކައިވެނި ރޫޅި އެގެއިން ނުކުންނަނަް ޖެހުމުން އެނބުރި މަންމަގެ ގާތަށް ދިއުމުން މަންމަ ބުނީ އޭނާގެ ފިރިހެންދަރިއަކު ނުހުންނާނެ ކަމަށެވެ. ދަރިފުޅު ވަރަށް ދެރަވެ އެކި ގޮތްގޮތަށް ވާހަކަދެއްކުމުންވެސް ދިނީ އެޖަވާބެވެ.  

އެއިރު މަންމަ ބަލަހައްޓަނީ އަންހެންދަރިފުޅެވެ. އަންހެންދަރިފުޅުވެސް މަންމައަށް ވިސްނައިދެވޭތޯ އެތައް ވާހަކަތަކެއް ދެއްކުމުންވެސް ޤަބޫލުނުކޮށް ބުނީ އޭނާ އެގެއިން ނެރުމަށެވެ. އޭނާ ފެނުމުން ބިރުގަންނަކަމަށެވެ.  

އަންހެން ދަރިފުޅު މަންމަ ގެންގޮސް އެތައް ޑޮކްޓަރުންނަކަށް ދެއްކިއެވެ. ހުރިހާ ޑޮކްޓަރުންވެސް ނިންމީ މަންމަގެ ހަނދާނުން ދަރިފުޅު ފުހެވިފައިވާ ކަމަށެވެ. އަދި ދަރިފުޅު ފެނުމުން ބިރުގަންނަނަމަ އެއީ އެއީ ވަރަސް ބޮޑު މައްސަލައެއް ކަމަށާއި ބަލި އިތުރަށް ގޯސްވެގެން ހިނގައިދާނެ ސަބަބެއް ކަމަށެވެ. އެހެންވެ ކޮއްކޮ ގޭގައި ބޭބެ ގެންގުޅެން ބޭނުންވިނަމަވެސް ގެންގުޅެވޭނެ ގޮތެއް ނެތެވެ. ޖެހުނީ ތަނެއް ކުއްޔަށް ހިފައިގެން ވަރަށް ދަތިޙާލުގައި އުޅޭށެވެ!  

އަވަސްޓެރިންގެ ކިބައިން އެނގުނު ގޮތުގައި ހައަކަ މަސްވަންދެން ވަރަށް ގިނައިން ދަރިފުޅުގެ ވާހަކަ ދެއްކިއެވެ. ކޮންމެ ދުވަހަކުވެސް އިންނަނީ ދަރިފުޅު އޭނާ ދެކެލަން އަތުވެދާނެކަމުގެ އިންތިޒާރުގައި ކަމެވެ. އެއިގެފަހުން ދަރިފުޅުގެ ވާހަކަ ނުދައްކާ ކަމަށާއި އޭނާ ދެރަވެދާނެތީ އެމީހުންވެސް ދަރިފުޅުގެ ވާހަކަ ނުދައްކާ ކަމެވެ.

ލޮބުވެތި ދަރިންނޭވެ! މަންމަ ނިކަމެތިނުކުރާށެވެ! މަންމަގެ ހިތުގައި ނުޖައްސުވާށެވެ! އެކަނިވެރިނުކުރާށެވެ! މައިން ނިކަމެތިކުރާ ދަރިންނަށް ދުނިޔޭގައިވެސް ދެރަނިކަމެތި ގޮތްތައް މިންވަރުކުރައްވަވައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ދެން ވިސްނައިލަންވީ މިވީގޮތަށެވެ! ދަރިފުޅު އޭނާގެ މަތިން ހަނދަމުނެތިކޮށްލުމުން އެކަމުގެ ސަބަބުން އޭނާއަށް ލިބެމުންދިއަ ހިތްދަތިކަމުން މާތް ﷲ އޭނާ ސަލާމަތްކޮށްދެއްވެވީއެވެ. ދަރިފުޅުގެ މަތިން އެކުގައި ހަނދާން ނެތުނީއެވެ.

 

މިއަދު އޮންލައިން