މަންމައެއްގެ އާދޭސް! އެކްޒީމާގެ ވޭނުން އަޅުގަނޑުގެ ކުޑަދަރިފުޅު ސާރާގެ ހަށިގަނޑު ފާރުވެ ގިރެނީ! ފަރުވާއަށް ފުރަން އެހީތެރި ވެދެއްވާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 9ސ
މަންމައެއްގެ އާދޭސް! އެކްޒީމާގެ ވޭނުން އަޅުގަނޑުގެ ކުޑަދަރިފުޅު ސާރާގެ ހަށިގަނޑު ފާރުވެ ގިރެނީ! ފަރުވާއަށް ފުރަން އެހީތެރި ވެދެއްވާ!

          

ކޮންމެ މަޔަކާއި ބައްޕައެއްގެ އަދި ކޮންމެ ބެލެނިވެރިއެއްގެވެސް އެންމެ ބޮޑު އެދުމަކީ، އުފަލަކީ ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ. މި އުއްމީދުގައި ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ހިތްވަރާއެކު މަސައްކަތް ކުރަމުންދާ އައިމިނަތު ނަތާޝާއާއި އާދަމް އިހުސާނަށް އަނެއްކާވެސް މިވަނީ އެމީހުންގެ ލޯބިވާ އަންހެން ދަރިފުޅުގެ ފަރުވާއަށް ފުރައިގެން ދާން ޖެހިފައެވެ. އެމީހުންގެ 10 އަހަރުގެ ލޮބުވެތި ދަރިފުޅު ފާތިމަތު ސާރާ އިހުސާނަކީ އެކްޒީމާގެ ސަބަބުން ނުހަނު ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ. ކުރިން ވަރަށް ހިތްވަރުގަދަ، އަމިއްލަ ނަފުސަށް އިތުބާރު ހުރި، އުފާވެރި ކުއްޖަކަށް ވީ ސާރާގެ މުޅި ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މޫނުމަތީގައާއި، އަނގައިގެ ވަށައިގެންނާއި، ޕްރައިވެޓް ޕާޓްސްއާއި ފައިގެ ކުޑަކަޅުވާ މަތިންވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. ޖިސްމާނީ ގޮތުން ލިބެމުންދާ ވޭނުގެ އިތުރުން، ސާރާއަށް ވަނީ ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ސާރާއަކީ ކިޔެވުމުގައި ހުޝިޔާރު، ބަސްއަހާ ނަމޫނާ ދަރިވަރެކެވެ. އެހެންނަމަވެސް ސާރާއަށް މި ބަލީގެ ސަބަބުން މިހާރު ސްކޫލަށް ނުދެވެއެވެ. ބޭނުން ނުވިޔަސް ހިތުގައި ހިފަހައްޓައިގެން ސާރާގެ މަންމައާއި ބައްޕަ، ދަރިފުޅު ސުކޫލަށް ފޮނުވުން ހުއްޓާލީ އެހެން ގޮތެއް ނެތިގެންނެވެ. ސާރާގެ މައިންބަފައިން ވަނީ އަމިއްލަ ޚަރަދުގައި ދެފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ސާރާ ގެންގޮސް ފަރުވާ ހޯދާފައެވެ. އާސަންދައިން ލިބުނު އެހީތަކުުން މި ދިޔަ 4 އަހަރު ފަރުވާ ހޯދުމަށްފަހުވެސް، ސާރާގެ ހާލަތު މިހާރު ދަނީ އިތުރަށް ގޯސްވަމުންނެވެ. (އެކްޒީމާގެ ފަރުވާއަށް ބޭނުންކުރާ ގިނަ ބޭސްތަކަކީ އާސަންދައިގެ ދަށުން ލިބޭ ބޭސްތަކެއް ނޫންކަން މިދަނޑިވަޅުގައި ފާހަގަ ކޮށްލަމެވެ.) 

މިހާރު އަނެއްކާވެސް ފުރަން ޖެހިފަ މިތިބީ، 19 ޑިސެމްބަރ އެއްގައި ފުރަން ހަމަޖައްސާފައި އޮތީ، ދަރިފުޅުގެ ހާލަތު އިހުނަށްވުރެ ގޯސް، ދުވަހެއް ދުވަހަކަށް ފާރުވެފައި ހުރި ތަންތަން ގިރެމުން ދަނީ، ކޮންމެ ގޮތެއް ވިޔަސް ފަރުވާއަށް ދާން ޖެހިފައި ތިބީ، އާސަންދަ ކަވަރ މިކުރަނީ 3 މަހުގެ ބޭސް. އެކަމަކު އެއީ 12 މަހުގެ އެންޓިބަޔޮޓިކް ޑޯޒެއް ހުއްޓާލެވޭކަށް ވެސް ނޯވޭ، 3 މަހަށް ދޭ އެއްޗެއް 3 މަސް ނުވަނީސް އިތުރަކަށް އާސަންދަ ޕޯޓަލް އިން ދޫކުރެވެން ނޯންނަކަމަށް ބޭސް ދޫކުރާ ތަންތަނުން ބުނޭ، ވީމަ ކޮންމެހެން ވެސް އެ 3 މަސްދުވަހުގެ ބޭސް ގަންނަން ތައްޔާރަށް ތިބެން ޖެހޭނީ. އަނެއްކަމަކީ އާސަންދަ އިން ދޭނީ ހަމައެކަނި ޑޮކްޓަރީ ފަރުވާގެ ހަރަދުތައް، އޭގެ އިތުރުން ދަރިފުޅުގެ މި ބަލީގައި ނަގަންޖެހޭ ތެރަޕީތަކާއި (ވެޓްތެރަޕީ) ހަމުގެ ގިނަ ކަންކަމަށް ދޫކުރާ ލޯޝަނާއި ކްރީމް އަދި އިތުރު ތަކެއްޗަކީ ރާއްޖެއިން އަދި އާސަންދައިން ވެސް ލިބޭ އެއްޗެހިތަކެއް ނޫން. މިދެންނެވި އާސަންދައިން ލިބެން ނުހުންނަ ގިނަ ކްރީމްފަދަ ތަކެއްޗަކީ ރާއްޖޭގެ ގިނަ ބޭސްފިހާރަތަކުން ލިބެން ހުންނަ ތަކެއްޗެއްކަށް ނުވާއިރު މިތަކެތި ވެސް ރާއްޖެއިން ބޭރުން ގަނެގެން އަންނަންޖެހޭނީ. 3 މަސް ދުވަހުގެ ބޭސް ލިބެނީ އިންޑިއާގެ އެއްލަކަށް ފަންސާސްހާސް ރުޕީސް އިތުރު 3 މަހައް އަމިލައް  ހަރަދުގައި.   

އަޅުގަނޑުމެންނަކީ އާދައިގެ ބައެއް. ދަރިފުޅަކީ ކުޑަކުއްޖެއް. ޔަގީނުންވެސް އެހީތެރިކާއެކު ދަރިފުޅު ގެންދަން ޖެހޭނީ، ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ އެހެނިހެން ހަރަދުތަށް އަމިއްލައަށް ބަލަހައްޓަން ޖެހޭނީ، އެހެންވެ ބޭނުންވަނީ ދެވެން އޮތް މިންވަރަކުން އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވުން، ދަރިފުޅުގެ ފަރުވާގެ މިމަރުޙަލާގައި، ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ ފަރާތުން އެދެނީ އަޅުގަނޑުމެންނަށް ދީލަތި އެހީ. 10 އެއްނޫނީ 15 ދުވަސް މިތިބެން ޖެހެނީ، ސައިޑް އިފެކްޓެއް ނުދައްކާނަމަ 15 ދުވަސްތެރޭ އެނބުރި އާދެވޭނެ. އެކަމަކު އެފަދަ ކަމެއްވެއްޖެނަމަ ދެ ޑޯޒް ފުރިހަމަކޮށްގެން އަންނަންޖެހެނީ، އެއީ އަނެއްކާވެސް 15، 16 ދުވަސް، ޑިސެމްބަރ 18 ގައި ފުރޭތޯ ޓިކެޓް ބުކިންގ ހަދާފައި މިހާރު ހުރީވެސް،" ސާރާގެ މަންމަ ނަތާޝާ ކިޔައިދިނީ މިވަގުތުގެ ހާލަތެވެ. 

ނަތާޝާއާއި އިހުސާނަކީ ވަޒީފާއިން ލިބޭ އާމްދަނީން ދިރިއުޅުން ބަލަހައްޓަމުންދާ އާދައިގެ ދެމަފިރިންނެވެ. ދަރިފުޅުގެ ފަރުވާއަށް އިތުރު އެހީތެރިކަން ބޭނުންވެފައިވާއިރު، އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިއުމާއެކު، އަވަސް ފަރުވާއެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެންކަމުން، ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ ފަރާތުން އެދެނީ ސާރާގެ ފަރުވާގެ މިމަރުޙަލާގައި، ދެވެން އޮތް މިންވަރަކުން އެހީތެރިވެދެއްވުމެވެ. ކުޑަކުއްޖެއްގެ ފަރުވާއަށް އެދި ދަންނަވާ މިއާދޭހަށް އިޖާބަދެއްވައި، ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ އަޅުގަނޑުމެންގެވެސް އާދޭހެކެވެ.  

Aminath Nathasha Gasim

ދިވެހި ރުފިޔާ އެކައުންޓް   7730000169663  BML RF

ޔޫއެސް ޑޮލަރު އެކައުންޓް  7730000603307   BML USD

ގުޅޭނެ ނަންބަރު:   7923330 ނަތާޝާ (ސާރާގެ މަންމަ)

މީޑިއާ

 

މިއަދު އޮންލައިން