ގިނަ ވަޤުތު ކަސްރަތު ނުކުރެވޭ މީހުންނަށް އޮތް ލުއިގޮތެއް!: އެންމެ މިނިޓަކު ކަސްރަތު ކޮށްގެން ހޯދެންހުރި ފައިދާތައް މިހާ ބޮޑުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ގިނަ ވަޤުތު ކަސްރަތު ނުކުރެވޭ މީހުންނަށް އޮތް ލުއިގޮތެއް!: އެންމެ މިނިޓަކު ކަސްރަތު ކޮށްގެން ހޯދެންހުރި ފައިދާތައް މިހާ ބޮޑުކަން އެނގޭތަ؟

ކަސްރަތުކުރަން ބޭނުންވިނަމަވެސް އެއް ވަޤުތަކު އެކަށީގެންވާވަރަށް ނުކުރެވޭ މީހުން ނިކަން މިގޮތް ތަޖުރިބާ ކޮށްލަބައްވާށެވެ! ތަފާތު ފެނިލައްވާނެއެވެ. އިން ޝާ ﷲ  

ގިނަ ބަލިތައް ޢާންމުވަމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުކުރެވުމެވެ. އެކިއެކި ކަންކަން ކުރަން ގިނައިރު އިށީނދެގެން ތިބެން ފެށުމެވެ.  

ދުވާލަކު މަދުވެގެން ބައިގަޑިއެއްހާއިރު ކަސްރަތުކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ. އެކަން އެގޮތަށް ނުކުރެވޭ މީހަކުނަމަ ގިނަ ވަޤުތުތަކެއްވަންދެން ނުތެދުވެ އިށީނެ އިނުމުގެ ބަދަލުގައި ދޭތެރެއަކުން ގޮނޑިން ތެދުވެ އެންމެ މިނިޓެއް ވަންދެން ހަށިގަނޑަށް ފައިދާކުރާނެ ކަސްރަތެއް ކޮށްލަބަލާށެވެ. އަހުރެން ބުނާނީ ކޮންމެ އެއްގަޑިއިރަކުން އެއްފަހަރު އެކަން ކުރުމަށެވެ. އަދި އޮފީހުގައި ހޭދަކުރާ ވަޤުތުތަކުގެ ތެރޭގައި 9 ފަހަރު އެންމެ މިނިޓެއްގެ ކަސްރަތު މިބުނި މަގުން ކުރާނަމަ އެކަމުގެ ރަނގަޅު ނަތީޖާ ދާދި އަވަހަށް ފެންނަން ފަށާނެއެވެ.  

ގިނައިރުތަކެއްވަންދެން އިށީނދެ ތިބޭ މީހުންނަށް ކުރިމަތިވާ ޞިއްޙީނުރައްކަލުގެ ތެރޭގައި ހަކުރުބަލީގެ އިތުރުން ލޭގެ ޕްރެޝަރުގެ މައްސަލަތައްވެސް ހިމެނެއެވެ. އެއީ ހަށިގަނޑަށް ލޭ ފޮނުވައިދޭ ހިތުގެ ހިނގުމަށް ބަދަލުތައް އަންނާތީއެވެ. ކޮލޮސްޓްރޯލް ލެވެލްވެސް މަތިވެއެވެ. އަދި މިނޫންވެސް ކިތަންމެ ކަމެއް ކުރިމަތިވެއެވެ.  

އަހުރެމެންގެ ހަށިގަނޑު އުފެދިފައިވަނީ އަބަދު ކަސްރަތު ބޭނުންވާ ގޮތަށެވެ. ނަމަވެސް މިހާރު ގިނަ މީހުން މަސައްކަތުދާން ގޭކުރިމަތިން ވެހިކަލަށް އަރައެވެ. ފައިބަނީ މަސައްކަތްކުރާތަނުގެ ކުރިމައްޗަށެވެ. ހިނގާލަނީ އެތަނަކާއި ހަމައަށެވެ. ސިޑީގެ ބަދަލުގައި ބޭނުންކުރަނީ ލިފްޓެވެ. އެއިރުން މީހާއަށް ލިބޭނެ އެއްވެސް ކަސްރަތެއް ނެތެވެ. މިހުރީ ޞިއްޙީ ގޮތުން ވަރަށް ނުބައި އާދަތަކެވެ.  

އޮފީހުގައި އަމިއްލް ކެބިނެއް ހުންނަނަމަ ކަސްރަތުކޮށްލަން ބައެއް ވަސީލަތްތައް ގެންގުޅެވިދާނެއެވެ. ނެތްނަމަ ކޮންމެވެސް ތަނެއްގައި ހުއްޓިހުރެ ކަސްރަތުކޮށްލެވިދާނެއެވެ.  

އަހުރެން މިބުނިމަގުން އެންމެ މިނިޓެއްގެ ކަސްރަތުތައް ކުރާނަމަ ފަލަވުމާއި ބަނޑުލުމުގެ މައްސަލަތައްވެސް ކުޑަވާނެއެވެ. ހިކެންވެސް ފަށާނެއެވެ. ޙަޖަމްވެސް ރަނގަޅުވާނެއެވެ.

 

މަޢުލޫމާތު: އެމެރިކާގައި ކަސްރަތު ސެޝަންތައް ނަގައިދޭ އިސްޓްރަކްޓަރުންގެ ޓީމަކުން

މިއަދު އޮންލައިން