ހެނދުނު ތެދުވާއިރު މޫނާ ތަންތަން ދުޅަވެ، އަތުގައި އަޅާފައި އޮންނަ އަނގޮއްޓި ބާރުވެފައި ހުރޭތޯ؟ މިއީ ފަލަވުމުގެ ސަބަބުން ވާކަމަކަށް ނުވެދާނެއެވެ. އެއީ ބައެއް ސަބަބުތަކާއި ހުރެ ހަށިގަނޑުގައި ޖަމާވެފައި ހުންނަ ފެނެވެ. މި ހިއްސާ ކޮށްލާ ބުއިމަކީ މިކަމަށް އޮތް ވަރަށް ރަނގަޅު ހައްލެކެވެ.
ބޭނުންވާނެ ތަކެތި:
2/1 ކިޔުކަމްބާރ
މުށެއްގެ ތާޒާ މިންޓް ފަތް
1 ލުނބޯގެ ހުތް
1 މޭޒުމަތީ ސަމުސާ ގުދުރަތީ މާމުއި
1 ތަށި ފިނި ފެން
ހުރިހާ އެއްޗެއް އެއްކޮށް މިކްސަރަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ނުވަތަ ކިޔުކަމްބާ ފޮތިފޮތި ކޮށްލާފަ އަދި މިންޓް ފަތްކޮޅުވެސް ކޮށާލާފައި އެހެން އެއްޗިއްސާއި އެކު ޖަގަކަށް އަޅާލާފައި ރޭގަނޑު އެއްކޮށް ބަހައްޓާލާށެވެ.
ކިޔުކަމްބާ އަކީ ކިޑްނީގެ މަސައްކަތްތައް އިތުރަށް ރަނގަޅު ކޮށްދޭ އެއްޗެކެވެ. އަދި މީގެ އިތުރުންވެސް ހަށިގަނޑުގައި ޖަމާވެފައި ހުންނަ ދިޔާތަކެތި ނައްތާލުމަށްވެސް އެހިތެރިވެދެއެވެ.
މިންޓް ފަތަކީ ޑައިޖެސްޓަން ގެ ކަންކަން ރަނގަޅު ކޮށްދީ ބަނޑު ހަރުވުން ދުރުކޮށްދޭ އެއްޗެކެވެ.
ނަމަވެސް މާމުޔާ ނުލައި މި ބުއިން، ހުސްގޮހޮރާ ބުއިމުން ބަނޑަށް އިތުރު އުނދަގުލެއް ވެދާނެއެވެ. އެހެންކަމުން މާމުއި އާއި އެއްކޮށް މި ބޭނުންކުރުން ބުއްދިވެރިއެވެ. އަދި ހެނދުނު ހެނދުނާ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދެއެވެ.
ޤުރުއާނުގައި ވެސް އައިސްފައިވާފަދައިން މާމުއީގައި އިންސާނުންނަށް ފަރުވާ ވެއެވެ. އެހެންނަމަވެސް ފިހާރަތަކުގއި ވިއްކަން ހުންނަ މާމުއީގައި ހަކުރު ސިރަޕް އެއްކުރެވިފައި ވާތީ އެ މާމުއި ހަށިގަނޑަށް އެހާ ރަނގަޅެއް ނުވާނެއެވެ. ސަބަބަކީ ހަކުރުގެ ސަބަބުން ހަށިގަނޑުގައި އިތުރުވެފައި ހުންނަ ފެނުގެ ބައި ބޭރުކުރުމުގެ ބަދަލުގައި ހަށިގަނޑަށް އިތުރަށް ޖަމާކޮށްދޭނީއެވެ.