ޙައިޟުގެ ލޭމަނާވުމުން އަވަހަށް ހިނައިގަންނާށެވެ! ހިނައިޠޯހިރުނުވެ ގުޅުން ހިންގުމަކީ ކައްފާރާ ދޭންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޙައިޟުގެ ލޭމަނާވުމުން އަވަހަށް ހިނައިގަންނާށެވެ!
ހިނައިޠޯހިރުނުވެ ގުޅުން ހިންގުމަކީ ކައްފާރާ ދޭންޖެހޭނެ ކަމެއް!


ޙައިޟުގެ ލޭއައުން ހުއްޓި ރަނގަޅުމުން (ޙައިޟުން ޠޯހިރުވުމަށް) ހިނައި ނުގަނެ ދެމަފިރިންނަށް  އެއްދާން ކުރެވިއްޖެނަމަ ހިނައިގަންނަންޖެހޭ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.  ދެ ހިނެއިން އެއްފަހަރާ ބޯމަތިވުމުން ކަންތައްކުރަންޖެހޭނެ ގޮތަކާއިމެދުގައެވެ.

ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ޢަމަލުކުރާށެވެ! "ޙައިޟުގެ ލޭ ރަނގަޅުވީ ނަމަވެސް ޖިމާޢު ވާންވާނީ ހިނައި ގަނެފައެވެ. ހިނައި ނުގަނެ ޖިމާޢޫވެއްޖެނަމަ ކައްފާރާ ދޭންޖެހޭނެއެވެ. އަދި ދެކަންތައް އެއްކޮށް ހިތުން ނިޔަތް ގަނެ ހިނައި ގަންނާނީއެވެ."

-- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް

މިބާވަތުގެ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ. އަދި ކަންކަން މެދުވެރިވާ ގޮތަކުން ރަނގަޅު ނޫން ގޮތަކަށް ކުރެވުނަސް ކައްފާރާދީ މައްސަލަ ނިންމަންވާނެއެވެ. ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރަން މަސައްކަތްކުރަންވާނެއެވެ. ކިޔަމަންތެރިވުމަކީ އެއީއެވެ.  

ކަމެއް ވަކިގޮތަކަށް ކުރަން ﷲ ތަޢާލާ އަންގަވާނީ އެކަން އެގޮތަށް ކުރުމުން އަހުރެމެންނަށް ފައިދާކުރާނެތީއެވެ. ވީމާ ކޮންމެ ކަމެއްގައިވެސް ބަލަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަންނަވާނެ ގޮތަށް ކުރެވޭތޯއެވެ. އެއިރުން އެމީހަކަށް ޘަވާބުދެއްވަވާނެތެވެ. އިން ޝާ ﷲ


މިއަދު އޮންލައިން