ހުޅުތަކުގަ ރިއްސުމަށާ އާރތްރައިޓިސްގެ އިތުރަށްވެސް ގިނަ ފައިދާތަކެއްކުރާ ބުއިމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުޅުތަކުގަ ރިއްސުމަށާ އާރތްރައިޓިސްގެ އިތުރަށްވެސް ގިނަ ފައިދާތަކެއްކުރާ ބުއިމެއް!

ސިއުޒާ

 

މިގެނެސްދެނީ ހުޅުތަކުގަ ރިއްސުމަށާ އާރތްރައިޓިސްގެ އިތުރަށްވެސް ގިނަ ފައިދާތަކެއްކުރާ، ތައްޔާރުކޮށްލަންވެސް ފަސޭހަ ބުއިމެކެވެ.  

ބޭނުންވާނެ ތަކެތި: 

2 ލުނބޯ

އިނގުރު ކޮޅެއް

2/1 ލީޓަރު ފެން

10-15 ކަރަންފޫ

1 ސައި ސަމުސާ ރީނދޫ

އަސޭމިރުސް ކޮޅެއް 

ލުނބޯ ފޮތިފޮތި ކޮށްލާށެވެ. ހަމަ އެގޮތަށް އިނގުރު ކޮޅުވެސް ފޮތި ފޮތި ކޮށްލާށެވެ. ތެއްޔަށް ފެންފޮދު އަޅާލުމަށްފަހު ތައްޔާރު ކޮށްލި ތަކެތި އަޅާލާށެވެ. އަދި ކަރަންފޫ، ރީނދޫ، އަސޭމިރުސްކޮޅު ވެސް އަޅާލާށެވެ. ގިނި ގަދަކޮށް 10 ވަރަކަށް މިނިޓް ކައްކާލާށެވެ. އެއަށްފަހު ފުރާނާލާށެވެ. މަޑުމަޑު ފޮނި ރަހައެއް ލައްވާލަން ބޭނުންނަމަ 1 ސަމުސާ މާމުއި އެއްކޮށްލެވިދާނެއެވެ. 

މި ބޭނުންކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު ހުސްބަނޑާ 1 ތަށްޓެވެ. މިގޮތަށް ޖެހިޖެހިގެން 7 ދުވަސްވަންދެން މިބުއިން ބޭނުން ކޮށްލާށެވެ.

ހަފްތާއެއްވަރު މި ބޭނުން ކުރުމުން ތަފާތު ފެންނާނެއެވެ. އިންފްލެމޭޝަން ފާހަގަ ކޮށްލެވޭ މިންވަރަށް ދަށް ވާނެއެވެ. އަދި އާރތްރައިޓިސް މައްސަލަވެސް ހައްލުވާނެއެވެ. މީގެ އިތުރުންވެސް ކްރޮނިކް އިންފްލެމޭޝަން، ދުޅަވުން، ހުޅުހުޅުގެ ރިހުން، ކޮމްބެޓް އާރތްރައިޓިސް ފަދަ ކަންކަމަށް ހައްލި ލިއްބައިދެއެވެ. އަދި ޑައިޖެސްޓަންގެ މައްސަލަ ރަނގަޅު ކޮށްލަދެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން