އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ރަސްމީ ލޯގޯ މިމަހުގެ 14 ވަނަ ދުވަހު އިއުލާނުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ރަސްމީ ލޯގޯ މިމަހުގެ 14 ވަނަ ދުވަހު އިއުލާނުކުރަނީ

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ބޭނުންކުރާނެ ރަސްމީ ލޯގޯ ކަނޑައަޅައި، މި ހިނގާ ނޮވެމްބަރު މަހުގެ 14 ވާ ހޮނިހިރު ދުވަހު އެ ލޯގޯ ރަސްމީކޮށް އިއުލާނުކުރުމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.

މި މަޝްރޫޢަށް ޚާއްސަ ލޯގޯއެއް ހޯދުމަށް ފުރަތަމަ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ މުއްދަތުގެ ތެރޭގައި ޖުމްލަ 22 ލޯގޯއެއް ހުށަހަޅާފައިވާއިރު، ފަނޑިޔާރުންގެ ޕެނަލުން އިވެލުއޭޓްކުރުމަށްފަހު ފުރަތަމަ ބުރުން 10 ލޯގޯއެއް ވަނީ ޝޯޓުލިސްޓުކޮށްފައެވެ. އަދި އާންމުންގެ ޚިޔާލާއި ވޯޓަށް ހުޅުވާލުމަށްފަހު، މިހާރު ވަނީ އެންމެ މަތިން މާކްސް ލިބުނު ގަދަ 5 ލޯގޯ ހޮވާފައެވެ.

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނީ، މި 5 ލޯގޯގެ ތެރެއިން އެންމެ މޮޅު ލޯގޯ ހޮވުމަށްޓަކައި މިހާރު އާންމުންނަށް ވޯޓުދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އާންމުންނަށް ވޯޓުލެވޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވާ ބުދަ ދުވަހުގެ ހަވީރު 18:00 އެވެ.

އެއްވަނައަށް ހޮވޭ ރަސްމީ ލޯގޯ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ. އަދި އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000 ރުފިޔާ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މިއަދު އޮންލައިން