އަޅުކަންކޮށް ދުޢާކުރެވޭ ގޮތަކުން ﷲ ގެ ޙަޟްރަތުގަ އެތައްހާސް ގުނައަކަށް މަތިވެރިކަން އިތުރުވޭ! އެފަދަ މީހަކަށްވެވޭނެ ގޮތް!: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އަޅުކަންކޮށް ދުޢާކުރެވޭ ގޮތަކުން ﷲ ގެ ޙަޟްރަތުގަ އެތައްހާސް ގުނައަކަށް މަތިވެރިކަން އިތުރުވޭ! އެފަދަ މީހަކަށްވެވޭނެ ގޮތް!: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

ލޮބުވެތި އެކުވެރިންނޭވެ! ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވުމުން އަޅުކަންކުރުމާ ދުޢާކުރުން ގިނަކުރެވުމަކީ މައްސަލައެއް ނޫނެވެ. އެއީ ޠަބީޢީ ކަމެއް ނުވަތަ ގިނަ ގިނަ ބައަކަށް ކަންތައް ކުރެވޭނެ ގޮތްކަމަށްވެސް ބުނެވިދާނެއެވެ. އަދި އެއީ ކުށެއް ނުވަތަ ޢަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަކަށްވެސް ނުބުނާނަމެވެ.  

އެކަމަކު ބުނަން ހެއްޔެވެ؟ މިބުނި ގޮތަށް ކަންތައްކުރާ މީހުންނަށްވުރެ އެތައްހާސް ގުނައަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ މަތިވެގެންވާ ބައަކުވެސް އެބައުޅެއެވެ. އެއީ ހަމައެކަނި ވަކިމީހަކު ވެގެން ޙާޞިލުކުރެވެން އޮތް ދަރަޖައެއް ނޫނެވެ. އެފަދަ މީހުންގެ ތެރޭގައި ތިބާއަށްވެސް ވެވެގެން އެބައޮތެވެ.  

އެމަތިވެރި ދަރަޖަ ޙާޞިލުކުރަން ބޭނުންނަމަ ކުރަން އޮތްކަމަކީ ހިތްހަމަޖެހުމާއި އުފަލުގައި ހުރެގެންވެސް އަޅުކަންކުރުން ގިނަކުރުމެވެ. މިއަދަށްވުރެ މާދަމާ ގިނައިން އަޅުކަންކުރަން މަސައްކަތްކުރުމެވެ.  

މިކަމުން އެހައިމަތިވެރި ދަރަޖައެއް ލިބެނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެކަމުގެ ސަބަބަކީ އެމީހުންނަކީ ކޮންމެ ޙާލަތެއްގައި އުޅެމުންވެސް (ތަނަވަސްކަމުގައި އުޅެމުންވެސް) އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާ ދެކެކަން ޢަމަލުތަކުން ދައްކާ މީހުން ކަމުގައިވާތީއެވެ.  

ބުނަންހެއްޔެވެ؟ ބައިވެރިޔާ ނުވަތަ އެހެން މީހަކު ނަމަވެސް ތިމާދެކެ ކިތަންމެ ބޮޑަށް ލޯބިވިނަމަވެސް އެމީހަކު ދެކެ ތިމާ ލޯބިނުވުމަކީ އިންސާނުންގެ ކިބައިގައި ހުންނަ ސިފައެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން މުޅީންތަފާތެވެ. އަހުރެމެން ﷲ ތަޢާލާ ދެކެ ލޯބިވާވަރަށްވުރެ މާބޮޑަށް ﷲ ތަޢާލާ އަހުރެމެން ނުވަތަ އެމީހަކުދެކެ ލޯބިވެވޮޑިގެންވެއެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން