ކައިވެނި އުފަލުގައި ދަމަހައްޓަން އެންމެ ބޮޑަށް ބޭނުންވާ ކަމަކާއިބެހޭ ގޮތުން ސުވާލުކޮށްފިނަމަ ގފިނަ ބައަކު ދައްކާނީ ފައިސާގެ ވާހަކައެވެ. ތަނަަވސް ދިރިއުޅމެއްގެ ވާހަކައެވެ. ނަމަވެސް އަހުރެންގެ ގާތަށް އަންނަ ކްލައިންޓުންގެ ފަރާތުން ލިބޭ މައުލޫމާތު މުޅިންތަފާތެވެ.
އެގޮތުން ގިނަ ބައަކު އެންމެ ބޮޑަށް ފާހަގަކުރަނީ އިތުބާރެވެ. ބައިވެރިޔާއަށް ފާރަވެރިވާން ނުޖެހުމެވެ. އަނެކާގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އޮތުމެވެ. މިފަދަ ހުރިހާ ކަންކަން އެއްކޮށްލުމަށްފަހު އެއީ ވަފާތެރިކަން ކަމަށް ބުނެވިދާނެއެވެ.
މިޘާލަކަށް ބުނާނަމަ ކޮންމެ ވަޤުތެއްގައި އިންޖީނު ހ7ުއްޓިދާނެ ކަމުގެ ބިރުއޮތް ކާރެއް، ސައިކަލެއް ނުވަތަ އެހެން އެއްވެސް އުޅަނދެއް ދުއްވަން ބޭނުންވާނީ ކާކުހެއްޔެވެ؟ ދެން އެހެން ގޮތެއް ނެތި މަޖުބޫރުވެގެން އެފަދަ އުޅަނދެއްގައި ދަތުރެއް ފެށިނަމަވެސް އަބަދުވެސް އިންނަންޖެހޭނީ ބޮޑު ބިރުވެރިކަމެއްގައި ނޫން ހެއްޔެވެ؟ މިއީ ކާކަށް ފަސޭހަވާނެ ކަމެއް ހެއްޔެވެ؟
އަހުރެންގެ އެކުވެރިންނޭވެ! ޒަވާޖީޙަޔާތް ފެށުމަށްފަހު އިތުބާރު ގެއްލޭނެ އެއްވެސް ކަމެއް ނުކުރާށެވެ! މިވާހަކަދެއްކީ ކާކާއިކަން ވަޤުތުން ނުބުނެވޭނެ މީހަކާއި ވާހަކަވެސް ނުދައްކާށެވެ. މެސެޖުވެސް ނުކުރާށެވެ. ފުރަތަމަ ފެށޭނީ މެސެޖަކުން ނުވަތަ ފޯނުކޯލަކުންނެވެ. ނިމޭނީ އެންމެ ނުބައި ހިސާބުންނެވެ.
އަހުރެން ޤަބޫލުކުރަނީ އަހުރެންގެ މިބަސްކޮޅު އަޑުއަހާ އެންމެންނަށް ފައިދާކުރާނެ ކަމަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން