ކަނަކްނަ ކުރަން އެންމެ ފަސޭހަ ގޮތް ހޯދަމުން ހުރިހާ ކަމެއް އޭއައިލައްވާ ކުރުވާ ޙާލަތަށް މިވަނީ ގޮސްފައެވެ. ދެން މިކުރާ ސުވާލަކީ:
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އިންސާނީ އަޑެއް އުފައްދައި ޤުރުއާން ކިޔެވުމަކީ ހުއްދަ ކަމެއްތޯ؟ އަދި އެކަމުގައި ސަވާބު ލިބޭނެތޯ؟
މި ސުވާލުގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ:
1. އޭއައި ބޭނުންކޮށްގެން އުފައްދާ އަޑަކީ ޙަޤަޤީޤީ އިންސާނީ އަޑެއް ނޫނެވެ. އެއީ ކޮމްޕިއުޓަރުން އުފައްދާ އަޑެކެވެ.
2. މިފަދަ އަޑަކުން ޤުރުއާން ކިޔެވުމަކީ ޘަ ކަމެއް ނޫނެވެ. އެއީ ޤުރުއާން ކިޔެވުމަކީ އަޅުކަމެއް ކަމަށްވާތީއެވެ. އަޅުކަންތައް ކުރެވޭނީ ޝަރުޢުގައި ކަނޑައެޅިފައިވާ ގޮތަށެވެ.
3. މިފަދަ އަޑަކުން ޤުރުއާން ކިޔެވުމުގައި އެއްވެސް ސަވާބެއް ނުލިބޭނެއެވެ. އެހެނީ އެއީ ޙަޤީޤީ ކިޔެވުމެއް ނޫނެވެ.
4. ނަމަވެސް، މިފަދަ އަޑެއް އަޑުއެހުމުގައި ފާފައެއް ނެތެވެ. އެހެނީ އެއީ ޤުރުއާނުގެ ބަސްތަކެވެ.
5. ޤުރުއާން ކިޔެވުމުގެ ސަވާބު ލިބޭނީ އިންސާނުން ކިޔަވާ ޤުރުއާން އަޑުއެހުމުންނެވެ.
6. އޭއައި ބޭނުންކޮށްގެން އުފައްދާ އަޑުތަކުން ޤުރުއާން ކިޔެވުމުގެ ބަދަލުގައި، ޙަޤީޤީޤީ އިންސާނުން ކިޔަވާފައިވާ ރިކޯޑިންގތައް ބޭނުންކުރުން މާ ރަނގަޅެވެ.
- އިސްލާމްކިޔޫއޭގައިވާ މަޢުލޫމާތު ދިވެހިބަހަށް ތަރުޖަމާކޮށްދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް