ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު މަޖިލީހަށް ހުށަހަޅައިފި: އަބުރާބެހުން މަދަނީ ކުށަކަށް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު މަޖިލީހަށް ހުށަހަޅައިފި: އަބުރާބެހުން މަދަނީ ކުށަކަށް ހަދަނީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ފުރިހަމައަށް ލިބިދިނުމަށްޓަކައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު" ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ލިބިދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޤާނޫނީ ޙިމާޔަތް ފުރިހަމައަށް ކަށަވަރުކޮށްދިނުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަބުރާ ބެހުމަކީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އިޖުތިމާޢީ ރިވެތި އަގުތައް ހިފެހެއްޓުމަށާއި އެކަކު އަނެކަކުގެ އަބުރު ޙިމާޔަތްކުރުމަށް އެންމެންވެސް އިސްކަންދޭންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ފަރާތަކަށް ނިސްބަތްކޮށް ދޮގު މަޢުލޫމާތު ފެތުރުމާއި ޝާއިޢުކުރުމަކީ އަބުރާބެހުން ކަމުގައި ބަލައި، އެއީ މަދަނީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މީހަކާ ބެހޭގޮތުން ފަތުރާ ދޮގު ވާހަކައެއްގެ ސަބަބުން، މުޖުތަމަޢުގައި ސަލާމަތް ބުއްދިހުރި ފަރާތްތަކުގެ މެދުގައި އެ މީހަކާމެދު ދެކޭގޮތް ބަދަލުވާ ފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އުޞޫލުތައްވެސް ބިލުގައި ތަފްޞީލުކޮށްދީފައިވެއެވެ.

މިއަދު އޮންލައިން