މިސްކިތުގެ ޖަމާޢަތް ފިޔަވާ އެންމެ ބޮޑު ސަމާލުކަމެއް ދޭންއޮތީ ދިރިއުޅުމަށް! އަނބިދަރިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މިސްކިތުގެ ޖަމާޢަތް ފިޔަވާ އެންމެ ބޮޑު
ސަމާލުކަމެއް ދޭންއޮތީ ދިރިއުޅުމަށް! އަނބިދަރިންނަށް!

 

އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ބަނަގިގޮވުމުން މިސްކިތަށްގޮސް ޖަމާޢަތުގައި ބައިވެރިވުމަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް ނެތެވެ. އެއަށްފަހު ދެން ސަމާލުކަން ދޭންޖެހޭނީ ތިމާގެ ދިރިއުޅުމަށެވެ. އަނބިދަރިންނަށެވެ.

ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. އެހެނީ ހުރިހާ ކަމަކުން ފުރިހަމަ ހަމައެކަކުވެސް ނުހުންނާނެކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އަދި ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހަކުކަންވެސް އެނގެން އެބައޮތެވެ.  

ނަމަވެސް އެންމެ ހެޔޮލަފާ މީހުންގެ ތެރެއިން ވުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތެވެ. އެކަމަށް ކުރަންޖެހޭ ކަމަކީ ގިނަގިނައިން ތައުބާވާ މީހަކު ކަމުގައިވުމެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެކެވެ. ހަމައެއާއިއެކު އަނބިދަރިންނަށް އެންމެ ހެޔޮ މީހާކަމަށްވުންވެސް އެބައޮތެވެ.  

ބައެއް މީހުންނަށް ވިސްނެނީ މިސްކިތަށް ގޮސް ގިނައިން އަޅުކަންކުރެވޭނަމަ އެއޮތީ ހުރިހާ ކަންކަން ފުރިހަމަވެފައި ކަމަށެވެ. އެމީހުން އަޅުކަން މާނަކުރަނީ ރަނގަޅަކަށް ނޫނެވެ. މިހެން ބުނަން މިޖެހެނީ އަޅުކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން އެމީހުން ނުކޮށް ދޫކޮށްލާތީއެވެ.  

މިދައްކަނީ ޢާއިލީ ޒިންމާތަކުގެ ވާހަކައެވެ. އަނބިދަރިންނާއި މައިންބަފައިންގެ ޒިންމާތަކުގެ ވާހަކައެވެ. އެޒިންމާތައް އަދާކުރުމަކީވެސް ހަމަ އަޅުކަމެވެ.

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުކަންކުރެއްވެވި ވަރާއި ގާތަކަށްވެސް އަހުރެމެން އެކަކަށްވެސް އަޅުކަމެއް ނުކުރެވޭނެއެވެ. އެހައި ގިނައިން އަޅުކަން ކުރައްވަވަމުންވެސް ޢާއިލީ ޒިންމާތައް އަދާކުރެއްވެވިއެވެ. އަހުރެމެންނަށް އޮތީ އެސުންނަތް ދެމެހެއްޓުމެވެ. "ތިމަންކަލޭގެފާނަކީ ޢާއިލާއަށް އެންމެ ހެޔޮ މީހާ" ކަމަށް ޙަދީޘްފުޅުކުރެއްވެވިކަން ހިނދުކޮޅަކަށްވެސް ހަނދުމަނެތިކޮށްނުލާށެވެ!  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން