ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ "ކާނިވާ 44" މާދަމާ ސެންޓްރަލް ޕާކުގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ "ކާނިވާ 44" މާދަމާ ސެންޓްރަލް ޕާކުގައި ފަށަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ޚާއްޞަ ހަރަކާތް، "ކާނިވާ 44" މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

މި ނޮވެމްބަރު މަހުގެ 11 އިން 14 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކާނިވަލަކީ އާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަކޮށްގެން، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާއި މަޖާ ކުޅިވަރުތަކާއެކު އިންތިޒާމުކުރާ ހަރަކާތެކެވެ. މީގެއިތުރުން ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެއްޗާއި މުދާ ވިއްކުމަށް ޚާއްޞަ ގިނަ ސްޓޯލްތަކެއް މި ކާނިވަލުގައި ހުންނާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. ކާނިވާ ކުރިއަށްދާ މުއްދަތުގައި ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް އާންމުންނަށް ވަދެވޭނެއެވެ.

މި ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކާނިވަލުގެ ތެރެއިން 50 ރުފިޔާއިން މަތީގެ ސްވައިޕް ޓްރާންސެކްޝަނެއް ހަދާ ކޮންމެ ފަރާތަކަށްވެސް ޚާއްޞަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގުރުއަތުން ހޮވޭ 5 ފަރާތަކަށް މެކްބުކް ނިއޯ އާއި ގުރުއަތުން ހޮވޭ 2 ފަރާތަކަށް ބެޓެރީ ސައިކަލެކެވެ.

މި ކާނިވަލަކީ ބޭންކުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، ކަސްޓަމަރުންނާއި އާންމު ރައްޔިތުންނާއެކު އެއް މާހައުލަކުން އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދު އޮންލައިން