ބޮލުގަ ތާކިހާފަދަ އެއްޗެއް އަޅާނަމަ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބޮލުގަ ތާކިހާފަދަ އެއްޗެއް އަޅާނަމަ ޢަމަލުކުރަން އޮތް ގޮތް-

ބޮލުގަ ތާކިހާ ފަދައެއްޗެއް އެޅުމާއިމެދު ބައެއް މީހުންނަށް ވަނީ ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް އަރައިފައެވެ. އެހެންކަމުން މިގެނެސްދެނީ އެކަން އޮތް ގޮތް އެނގިލައްވާނެ ބަސްކޮޅެކެވެ. އިން ޝާ ﷲ  

ނަމާދުކުރަންވީމާ ބޮލުގަ އެއްޗެއް އެޅުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ބޮލުގަ އެއްޗެއް އަޅައިގެން އުޅޭނަމަ އަބަދުވެސް އުޅެންވީ އަޅައިގެންނެވެ. އެއީ ނަމާދުކުރަންވުމުން ކުރަންޖެހޭ ކަމެއް ނޫނެވެ.  

ނަމާދަށް ދާންވުމުން އޮތީ ޒީނަތްތެރިވުމެވެ. ތާކިހާ ނުވަތަ ރުމާ އެޅުމަކީ ޒީނަތެއްގެ ގޮތުގައި ރާއްޖޭގައި ބަލާ ކަމެއް ނޫނެވެ. ތިމާގެ ބޮލުގެ އިސްތަށިގަނޑު ދިގުވުމުން ނުވަތަ ބޮލުން އިސްތަށިފައިބާތީ އެމުން ސަލާމަތްވުމުގެ ގޮތުންވެސް ބައެއް މީހުންތާކިހާ އެޅުން ރުމާލުން އެއްސުން ފަދަ ކަންކަން އެބަކުރެއެވެ.

ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އަޅަންނުޖެހޭނެއިރު ކުރަން ނުޖެހޭ ކަމެއް ނުކޮށްގެން ނަމާދުން ބައެއް އުނިވުން ނުވަތަ އެއްވެސް މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެން ނުވާނެއެވެ. ނަމާދުން އުނިވާނީ ނަމާދުކުރަން ތައްޔާރުވާއިރު ނުވަތަ ކުރާއިރު ކުރުމަށް އަންގަވާފައިވާ ކަންކަން ނުކުރުމުންނެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން