ތިމާގެ ޢާއިލާއަށް ޚަރަދުކުރާ ފަދައިން އަނބިމީހާގެ ޢާއިލާއަށްވެސް ޚަރަދު ނުކުރާނަމަ ދެރަވާނެ! ކެތެތެރިވެގެން އަބަދަކު ނުވެސް ހުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިމާގެ ޢާއިލާއަށް ޚަރަދުކުރާ ފަދައިން އަނބިމީހާގެ ޢާއިލާއަށްވެސް ޚަރަދު ނުކުރާނަމަ ދެރަވާނެ! ކެތެތެރިވެގެން އަބަދަކު ނުވެސް ހުރެވޭނެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކައިވެންޏަށްފަހު ހަމައެކަނި ބައިވެރިޔާއަށް ލޯބިދީ އަޅައިލުމުން ފުދޭނެ ކަމަށެވެ. ނަމަވެސް ތަޖުރިބާއިން އެނގެނީ އެއީ އެންމެ ރަނގަޅު ވިސްނުން ނޫންކަމަށެވެ. 

ލޯތްބާ އަޅައިލުން ލިބޭނަމަ އަނބިމީހާ ޝަކުވާ ނުކޮށް ހުރެދާނެއެވެ. ނަމަވެސް ޔަޤީންކުރާށެވެ! ދެފަރާތުގެ ޢާއިލާއަށް ސަމާލުކަންދީ އެހީތެރިނުވާނަމަ އެކަން އޮންނާނީ ބްލެކްލިސްޓް ކޮށްފައެވެ. ވަޤުތު ޖެހުމުން އެކަން ހާމަވެސް ކުރާނެއެވެ. ވީމާ ފުރިހަމަ ގޮތުގައި ބައިވެރިޔާގެ ލޯބި ލިބުމަށް އެދޭނަމަ އެމީހެއްގެ ފެންވަރު ހުރިވަރަކުން ދެފަރާތުގެ ޢާއިލާއަށްވެސް އަޅާލައި ހެޔޮކޮށް ހިތާށެވެ.  

އިތުރަށް ވިސްނަންޖެހޭނެ އެއްކަމަކީ އަމިއްލަ ޢާއިލާއަށްވެސް އަދި އަނެކާގެ ޢާއިލާއަށްވެސް ކުރާ ޚަރަދުގެ ވާހަކަ ނުދެއްކުމެވެ. ޚަރަދުކޮށްފައި އެވާހަކަ ދައްކާނަމަ އެކަންވާނީ ކަލަގޮވުމަކަށެވެ. ކަލަގޮވުމަކީ ލިބެން އޮތް ޘަވާބު ގެއްލޭ ކަމެކެވެ.

ކަންކަން ދިމާވާނީ އަބަދު އެއްގޮތަކަށް ނޫނެވެ. ދިމާވާ ގޮތަކުން އެމަހު އެކެއްގެ ޢާއިލާއަށް ގިނަ ޚަރަދުކުރަންވެސް ޖެހިދާނެއެވެ. އެކަން މައްސަލައަކަށް ނުހަދާށެވެ. އަންނަ މަހު އެފަދަ ޙާލަތެއް ތިމާގެ ޢާއިލާއަށްވެސް ޖެހިދާނެ ކަމަށް ވިސްނާށެވެ.  

މިބުނި ހުރިހާ ކަންކަންވެސް ގޮސް ގުޅެނީ ޢަދުލުވެރިވުމާއިއެވެ. ދެމަފިރިންވެސް ޢަދުލުވެރިވާށެވެ! ދެމަފިރިން ޢަދުލުވެރިވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އޮތް އެންމެ ޔަޤީން މަގެވެ. އެއީ ދެއްވަވާ ރިޒުޤުގައި ބަރަކާތް ލައްވަވާނެތީއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން