ސިކުނޑިއަށް ބުރަވާއިރަށް އަނބިދަރިންނަށް އެކަންފޯރުވުމަކީ އާޚިރަތް ގެއްލިދާނެ ސަބަބެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ސިކުނޑިއަށް ބުރަވާއިރަށް އަނބިދަރިންނަށް
އެކަންފޯރުވުމަކީ އާޚިރަތް ގެއްލިދާނެ ސަބަބެއް!: ބިލާލް އައްސަދު


މަގުމަތިން ނުވަތަ މަސައްކަތުގެ މާޙައުލުން ނުވްތަ އެނޫންވެސް ތަނަކުން ކުރިމަތިވާ ކަންކަން ކޮނޑުޖަހައިގެން ގެއަށްވަދެ ގޭގައި ތިބޭ މީހުންނަށް އެކަމުގެ ބުރަ އުފުލަން ޖައްސުވާ ބައަކު އުޅެއެވެ. މަސައްކަތްމިކުރަނީ އެމީހުންނަށް އެކުރެވެނީ ކިހާބޮޑު ގޯސްކަމެއްކަން ވިސްނުވައިދެވޭތޯއެވެ.

ފުރަތަމަ ކަމަކަށް މިކަންކަން ފާހަގަކޮށްލާނަމެވެ.

ނަމާދުކުރަނީވެސް ދުޢާކުރަނީވެސް އަދި ޛިކުރްކުރަނީވެސް، އަދި ރިވެތިއަޚްލާޤުގެ މަތީގައި އުޅެނީވެސް، އަނބިދަރިންނަށާއި ޢާއިލާއަށް ހެޔޮކޮށް ހިތަނީވެސް ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. މާނައަކީ އެކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާތީއެވެ.  

ދެން އޮތީ ހަވާނަފްސް އެދޭ ކަންތައްތަކެވެ. ތަނަވަސްކަން އިތުރުކުރަން ވައްކަން ނުކުރަނީވެސް އަދި ހިތްހަމަޖައްސަން ފާޙިޝް ޢަމަލުތައް ނުކުރަނީވެސް އަދި ތަޢާލާ ނަހީކުރައްވަވާފައިވާ އެހެން ކަންކަން ނުކުރަނީވެސް ހަމަ ﷲ ތަޢާލާއަށްޓަކައެވެ. މާނައަކީ އެކަންކަން ނުކުރަން ﷲ ތަޢާލާ އަންގަވާފައިވާތީއެވެ.  

ދެން ބުނެލަން ބޭނުންވަނީ މިބުނި ހުރިހާ ކަންކަންކޮށް ޢަމަލުކުރަނީ ހަމަ ތިމާއަށްޓަކައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށްގެން ސުވަރުގެ ވަންނަން ބޭނުންވާތީއެވެ. ސުވަރުގެ ވައްދަވާނީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަމަށްވާތީއެވެ.  

ވީމާ ކުރުގޮތަކަށް ބުނާނަމަ އަހުރެމެންގެ ހުރިހާވެސް ބޭނުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ހެޔޮ ޢަމަލުތައް ކުރަނީވެސް އަދި ނަހީކުރެއްވެވި ކަންކަން ނުކުރަނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަނުމުގެ ބޭނުމުގައެވެ.  

ވީމާ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް އަނބިދަރީންނަށް ޢާއިލާގެ މީހުންނަށް ދެރަވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރާށެވެ! އެކަމަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލި ސުވަރުގެ ނުލިބިދާނެކަމަށްޓަކައެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށްވާތީއެވެ.  

--މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން