އުފަންވެލި ފިހާރަތަކުގައި ނޮވެމްބަރ 12އިން 14 އަށް ޕޮރޮމޯޝަނެއް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
އުފަންވެލި ފިހާރަތަކުގައި ނޮވެމްބަރ 12އިން 14 އަށް ޕޮރޮމޯޝަނެއް

މަޑިހާކުންފުނީގެ ފަރާތުން ހިންގާ އުފަންވެލި ފިހާރަތަކުގައި، ނޮވެމްބަރ 12އިން 14 އަށް ޚާއްސަ ޕްރޮމޯޝަނެއް ކުރިޔަށްދާނެ ކަން އެފަރާތުން އިއުލާން ކޮށްފިއެވެ.ތިން ދުވަހަށް ކުރިޔަށްދާނެ ޕްރޮމޯޝަންގެ ތެރޭގައި މުހިންމު ގްރޯސަރީގެ ބާވަތްތަކާއި ތާޒާ މޭވާގެ އިތުރުން ކެއުމަށް ބޭނުންވާ އެހެންވެސް ބާވަތްތަކެއް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށް މަޑިހާ ކުންފުނިން ބުނެއެވެ. މާލެއާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަކުން މިފަހަރު ޕްރޮމޯޝަންގެ ތެރޭގައި އަގުހެޔޮކޮން ލިބޭނެ ބާވަތްތަކުގެ ތެރޭގައި، ފިޔާ އަލުވި ފުލް ޗިކަން ކެވެންޑިޝް ދޮންކެޔޮ ބްރައުން ބިސް އަންނާރު ލުނބޯ ، އަދި ތާޒާ މޭބިސްކަދުރު ހިމެނެއެވެ. ކެއްކުމަށް ބޭނުންވާ ގިނަ ބާވަތްތަކެއް އަގުހެޔޮކޮށް ލިބޭގޮތަށް ހުޅުވާލާފައިވާ ޕްރޮމޯޝަންގެ ސަބަބުން އާއިލާތަކުން ގްރޯސަރީ ޝޮޕިންގ އަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު ތަނުން ކުޑަވެގެންދާނެއެވެ. އުފަންވެލި ފިހާރަތަކުން އަބަދުވެސް ގްރޯސަރީގެ ގިނަ ބާވަތްތަކަކާއި އެކު ތާޒާމޭވާއާއި ތަރުކާރީގެ އިތުރުން މަހުގެ ބާވަތްތައް،އަދި ގަޑުކުރި ބާވަތްތައްވެސް އަބަދު ލިބެން ހުރުމާއި އެކު އުފަންވެލި ފިހާރަތައްވަނީ މާލޭގެ ރީޓެލް މާކެޓްގައި ރަގަޅަށް ފައި ހަރުކޮށް އަދި ކަސްޓަމަރުންގެ އިތުބާރު ހޯދާފައެވެ. މަޑިހާ ކުންފުނީގެ އިމްޕޯޓް އަދި ޑިސްޓްރިބިއުޝަން މަސައްކަތް ތަކުގެ ތެރޭން އެކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ފެންވަރު ރަގަޅު ބާވަތްތައް އެކަށީގެންވާ އަގުތަކެއްގައި ފޯރުކޮށް ދިނުމަށެވެ.އަދި ގަވާއިދުން ޕްރޮމޯޝަންތައް ބޭއްވުމުގެ ބޭނުމަކީވެސް އާއިލާތަކަށާއި އަދި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނަށްވެސް ހެޔޮ އަގެއްގައި ތަކެތި ގިނައިން ގަތުމަށްވެސް ފުރުސަތު ފަހި ކޮށް ދިނުން ކަމަށް އެފަރާތުން ބުނެފައި ވެއެވެ. ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަށް ކުރިޔަށްދާ ޕްރޮމޯޝަން ގެތެރޭ ހުރިހާ ބޭފުޅުންވެސް ކޮންމެވެސް އެއް އުފަންވެލި ފިހާރަޔަކަށް ވަޑައިގެން ތަކެތި ބައްލަވައިގަތުމަށް މަޑިހާކުންފުނިން އެދެއެވެ.

މިއަދު އޮންލައިން