ގިނަ ބައަކު އެއްއިރު ކާނެ ކުޑަމިންވަރެއް ލިބުމުންވެސް އުފަލުގައި ތިބޭއިރު ތަނަވަސްކަންހުރެމެ ހިތްނުފުރޭނަމަ އެއީ ސުވަރުގެ ނުލިބިދާނެ ކަމެއް! މިއޮތީ ސަލާމަތްވެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ގިނަ ބައަކު
އެއްއިރު ކާނެ ކުޑަމިންވަރެއް ލިބުމުންވެސް އުފަލުގައި ތިބޭއިރު
ތަނަވަސްކަންހުރެމެ ހިތްނުފުރޭނަމަ އެއީ ސުވަރުގެ ނުލިބިދާނެ ކަމެއް! މިއޮތީ
ސަލާމަތްވެވޭނެ ގޮތް!

 

އަހުރެންގެ އެކުވެރިންގެ ތެރެއިން އެކެކެވެ. އޭނާ ގެންގުޅޭ ފޯނަކީ މީގެ 5 އަހަރުކުރީގެ އުފެއްދުމެކެވެ. ފޯނުގެ ބޭނުން ރަނގަޅަށް ހިފޭތީ، މިބުނަނީ އޭނާ ފޯނުން ކުރަން ބޭނުންވާ ކަންކަން ކުރެވޭތީ އޭނާ ހުންނަނީ ވަރަށް އުފަލުން ކަމަށެވެ. ނަމަވެސް އެންމެ ފަހުން ބާޒާރަށް ނެރޭ ފޯނު ނުގަނެވިއްޖެނަމަ ދެވަނަ އެކުވެރިޔާ ހުންނަނީ ނޭވާހާސްވެފައެވެ. ކުރަންޖެހޭ އަސާސީ ޚަރަދުތައް ނުކޮށްވެސް އެފޯނުގަންނަން އެބަޖެހެއެވެ. 

އަހުރެން ވަރަށް ތިލަބަހުން ސުވާލެއް ކޮށްލާނަމެވެ. މިދެމީހުންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ޙައްލަކީ ކޮބައިހެއްޔެވެ؟ މިއީ ގިނަބައަކަށް ޒުވާބުކުރަން ޖެހޭ ކަމަކަށްވާތީ އަހުރެން ޖަވާބެއް ނުދޭނަމެވެ. އަހުރެންގެ މިވާހަކަކޮޅު ނިމުނީމާ އަމިއްލައަށް ޖަވާބުލިބިގަންނާށެވެ!  

ގިނަ ބައަކު އެމީހުންނަށް ކިރިޔާ ކަމެއް ދިމާވާއިރަށް ﷲ ގެ ރަޙްމަތާއިމެދު ސުވާލު އުފައްދައެވެ. ކަންބޮޑުވެއެވެ. އެކަމެއް ކުރިމަތިވީތީ ޝަކުވާވެސް ކުރެއެވެ. އެކަން އެހެން އެވަނީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ އީމާންކަން ކުޑަވެފައިވުމުންނެވެ.  

ކިތަންމެ ކުޑަ ކަމެއް ކުރިމަތިވިނަމަވެސް އެއީ ވަރަށް ބޮޑުކަމެއް ކަމަށް ވިސްނެނީ އީމާންކަން ކުޑަވުމުންނެވެ. އެމީހެއްގެ ހިތުގައި އީމާންކަން ފުރިހަމަގޮތުގައި އޮތް ނަމަ ކިތަންމެ ބޮޑުކަމެއް ކުރިމަތިވިނަމަވެސް އެއީ އެހައި ބޮޑުކަމަށްވެގެނެއް ނުއުޅޭނެއެވެ.  

އީމާންކަމުގެ ވާހަކަ ގިނަގިނައިން ދައްކަން މިޖެހެނީ އީމާންކަމަކީ ކާމިޔާބީ އާއި އުފާވެރިކަމުގެ ތަޅުދަނޑިކަމަށްވާތީއެވެ. އެތަޅުދަނޑި އެމީހެއްގެ އަތުގައި ނެތް މީހަކަށް އެއްވެސް އުފާވެރިކަމެއް ނެތެވެ. މިބަހުގެ ދަލީލަކީ ކިތަންމެ ދަތިޙާލުގައި ދިރިއުޅެން ޖެހުނަސް އީމާންކަން ވަރުގަދަ މީހުން އުފަލުގައި ތިބޭކަމެވެ. 3 އިރު ކާން ނުލިބުނަސް އެއީ މާބޮޑު ކަމަކަށް ވެގެނެއް ނުއުޅޭނެއެވެ. ނަމަވެސް އީމާންކަން ފުރިހަމަ ނުވާނަމަ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އެމީހަކަށް ހިތްހަމަޖެހުމެއް ނުވެއެވެ.

"މިއަޅާގެ ދަތިތައް ފިއްލަވައިދެއްވާ، މިއަޅާގެ ބަލިކަށިކަމަށް ރަޙުމުކުރައްވާ، މުޞީބާތްތަކަށް ކެއްތެރިވުމުން މިއަޅާގެ ދަރުމަ މަތިވެރިކުރައްވާ، އަދި، ދުވަހަކުވެސް މިއަޅާ ނިކަމެތިނުކުރައްވާ ކަލަކު، މިއަޅާއަށްވާކަން" ޤަބޫލުކުރަމާތޯއެވެ! އެކަންކަން ޤަބޫލުކުރެވޭ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހި އުފަލުގައެވެ. 

ދެން ބަލައިލަންވީ ﷲ ތަޢާލާ ދެއްވަވާ މިންވަރުން ޚަރަދުތައް ހަމަޖެއްސުމަށެވެ. އަދި ފުދިގެން ހުރިނަމަވެސް ﷲ އަންގަވާފައިވާ މަގުން ޚަރަދުތައް ކުރުމަށެވެ. މިހާރުވެސް އެއްވެސް މައްސަލައެއް ނުޖެހި ދުއްވޭ ރަނގަޅު ކާރެއް އޮއްވައިވެސް އެންމެ ފަހުގެ މޮޑެލްގެ ކާރަކަށް ބޭނުންވެވޭނަމަ އެއީ މައްސަލައެކެވެ. 

އޭނާއަކީ ސުވަރުފގެ ވަންނަން ބޭނުންވާ މީހަކު ކަމަކަށް ނުބުނެވޭނެއެވެ. ސަބަބަކީ ސުވަރުގެ އެދޭމީހާ ފާރަލާނީ ނުކުންނަ އައު މޮޑެލްތަކަކަށްނޫނެވެ. ބަލާނީ ދެއްވަވާ ރިޒުޤުން ގިނައިން ހޭދަކުރެވެން ނެތްނަމަ (ގިނައިން ނުލިބޭނަމަ) ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކުރެތެވޭތޯއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އޭނާ ސުވަރުގެ ވަންނާނީ ގަތް އަގުބޮޑު ކާރަކު ނޫނެވެ. އެކަމަކު ކުރި ޞަދަޤާތުގެ މަތީގައެވެ. އިން ޝާ ﷲ 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން