"މާމަގާތު ދަރިފުޅު އެދުނެވެ. މާމާއެވެ.
އަހަރެންގެ ދުޝްމަނުންނާ ހަނގުރާމަކުރާނެ ގޮތް އަހަންނަށް ދަސްކޮށްދީބަލާށެވެ!."
މާމަ ބުންޏެވެ, "އެމީހުންނާ ހަނގުރާމަކުރާށޭ؟ ނޫނެކެވެ، ދަރިފުޅާއެވެ. އެމީހުންގެ ގައިގައި ބީހިވެސްނުލައި ބަލިކޮށްލެވެން އޮއްވައި، ދުޝްމަނުންނާ ހަނގުރާމަކުރަންވީ ކީއްވެ ހެއްޔެވެ؟"
މާމަ ދަރިފުޅު އެހިއެވެ. "އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟"
މާމަ ކިޔައިދިނެވެ."އެންމެ ރަނގަޅެވެ. ހަނގުރާމައަކާ ނުލައި، ފަސޭހަކަމާއެކު ދުޝްމަނުން ބަލިކޮށް، ނައްތާލެވިދާނެ ފަސް ގޮތެއް މާމަ ދަސްކޮށްދީފާނަމެވެ. އެންމެ ފުރަތަމަ ކަމަކީ، އެމީހުންނަށްވުރެ މާ ކުރިއަރައި ދިއުމެވެ، ދަރިފުޅާއެވެ. ކަމެއް ސާބިތުކޮށްދޭން އުޅުމުގައި، ނުވަތަ ދަރިފުޅު ނާކާމިޔާބުވާން އެދޭ މީހަކާ ތޮޅުމުގައި މުޅި އުމުރު ބޭކާރުކޮށްނުލާށެވެ. އެމީހުން ފަހަތަށް ދޫކޮށްލުމަށްވުރެ ބޮޑަށް ދުޝްމަނަކަށް ދެވޭނެ އެހެން އަނިޔާއެއް ނޯންނާނެއެވެ. ސަބަބަކީ، ދަރިފުޅު އެމީހުންގެ ފެންވަރުގައި ދެން ނެތުމުން، އެމީހުންނަކަށް ދަރިފުޅާ ކުރިމައްޗެއް ނުލެވޭނެއެވެ. އެހެންކަމުން އަބަދުވެސް އިތުރަށް މޮޅު، ވިސްނުންތޫނު، މަޑުމައިތިރި، އަދި ހަމައެއާއެކު ވަރުގަދަ މީހަކަށް ވުމުގައި ދެމިހުންނާށެވެ.
ފހުގެ ދުވަހަކުން އެމީހުން އިސްއުފުލައި ބަލައިލާއިރު، އެމީހުން ހަލާކުކޮށްލަން އުޅުނު އަންހެން ކުއްޖާއަކީ، މިއަދު އެމީހުންގެ އަތްފޯރާ ފަށުގައި ނެތް ފަދަ އަންހެނަކަށް ވެފައިވާކަން އެމީހުންނަށް ވިސްނޭނެއެވެ. ދެވަނަ ކަމަކީ، ޖަޒުބާތުތައް ކޮންޓްރޯލްކޮށް، ފަރުވާކުޑަ ގޮތެއްގައި ހުރުމެވެ. އެމީހުން ބުނާ އެއްޗަކުން ނުވަތަ ކުރާ ކަމަކުން ހިތަށް އަސަރުކޮށްގެން ނުވާނެއެވެ
ސަބަބަކީ، އެމީހުން މަސައްކަތްކުރާނީ ދަރިފުޅު ރުޅިއަރުވާލާށެވެ. ދަރިފުޅު ދެރަކޮށްލުމަށް ވާހަކަތައް ދައްކާނެއެވެ.
އަދި އެކަންކަމަށް ދަރިފުޅު ރައްދުދީ، ސާފުކޮށްދޭން މަސައްކަތްކުރުމަށް އެމީހުން އެދޭނެއެވެ. އެކަމަކު އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ، އެމީހުންނަށް އެ ހިތްހަމަޖެހުން ނުދޭށެވެ. އެމީހުން ފެންނަކަމަށްވެސް ނަހަދާށެވެ. އެއީ ދަރިފުޅު ނިކަމެތިވެގެންނެއް ނޫނެވެ، އެކަމަކު ކޮންމެ ކަމަކީ ދަރިފުޅުގެ ރައްދު ހައްގުވާ ކަމެއް ނޫންކަން ދަރިފުޅަށް އެނގޭތީއެވެ. ދަރިފުޅުގެ ޖަޒުބާތުތަކާ ދެން ނުކުޅެވޭނެކަން ދުޝްމަނަށް އެނގޭ ހިނދު، ދަރިފުޅުގެ މައްޗަށް އޮތް އެމީހުންގެ ބާރު ގެއްލިގެންދާނެއެވެ.
ތިންވަނަ ކަމަކީ،
ދަރިފުޅާ ބެހޭ މާގިނަ މައުލޫމާތުތަކެއް ދުޝްމަނުންނަށް އެނގުނަ ނުދިނުމެވެ
ދަރިފުޅާ ބެހޭގޮތުން ދުޝްމަނަކަށް މައުލޫމާތު ލިބުނު ވަރަކަށް، ދަރިފުޅުގެ ބަލިފަޔަކީ ކޮބައިކަން ހޯދައި ހަމަލާދޭން އެމީހުންނަށް ފަސޭހަވާނެއެވެ. އެހެންކަމުން އެމީހުންނަށް މައުލޫމާތު ލިބޭ ހުރިހާ މަގެއް ބަންދުކުރާށެވެ. އެމީހުން ހައިރާންކަންމަތީގައި، ލަފާކުރަން ތިބޭ ގޮތް ހަދާށެވެ. ދަރިފުޅުގެ ރޭވުންތަކާއި، ދަރިފުޅުގެ ބަލިފައާއި، ނުވަތަ ނާޒުކު ހާލަތްތައް އެމީހުންނަށް ނޭނގޭނަމަ، އެމީހުންނަށް ދަރިފުޅަށް ހަމަލާދެވޭނެ ގޮތްތައް މަދުވާނެއެވެ.
ހަތަރުވަނަ ކަމަކީ، އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅާއެވެ، އެހެން މީހެއްގެ ރައުޔަކުން ދަރިފުޅު ހަލާކުކޮށްނުލެވޭ ފަދަ ވަރުގަދަ އިތުބާރެއް އަމިއްލަ ނަފްސަށް ހޯދާށެވެ. މީހުން ބަލިކުރުމުގައި މުޅި އުމުރު ހޭދަނުކުރާށެވެ. ދަރިފުޅުގެ އެތެރޭގައިވާ ރުޅިވެރިކަން ބަލިކުރާށެވެ. ދަރިފުޅުގެ ނުބައި އާދަތައް ބަލިކުރާށެވެ. ދަރިފުޅުގެ ބިރުވެރިކަން ބަލިކުރާށެވެ. އަބަދުވެސް އެންމެންގެ ރުހުން ހޯދަން މަސައްކަތްކުރާ ދަރިފުޅުގެ ނަފްސުގެ ބައި ބަލިކުރާށެވެ. ސަބަބަކީ، ދަރިފުޅަކީ އަމިއްލަ ނަފްސުގެ އެންމެ ފުރިހަމަ މިސާލަށް ވެއްޖެނަމަ، ކުރިން ބަލިކުރަން އުޅުނު ބައެއް ދުޝްމަނުންނަކީ ދަރިފުޅަށް އެއްވެސް މުހިންމު ބަޔަކަށް ދެން ނުވާނެތީއެވެ.