ކޮންމެ ހުކުރު ދުވަހަކު ޤުރްއާނުން 2 ފޮތް ކިޔަވަން ހުރިމީހާއަށްވީގޮތާ، ދުވާލަކު 2 ޞަފްޙާ ކިޔަވާނަމަ ވާނެގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކޮންމެ ހުކުރު ދުވަހަކު ޤުރްއާނުން 2 ފޮތް ކިޔަވަން ހުރިމީހާއަށްވީގޮތާ، ދުވާލަކު 2 ޞަފްޙާ ކިޔަވާނަމަ ވާނެގޮތް-

އޭނާއަކީ ނަމާދުކުރާ މީހެކެވެ. އެކަމަކު އޭނާ ވިސްނައިގެން ހުންނަނީ ކޮންމެ ހުކުރު ދުވަހަކު ޤުރްއާނުން 2 ފޮތް ކިޔެވުމަށެވެ. އެހެންވެ ހަފްތާގެ އެހެން ދުވަސްތަކަކު ނުކިޔަވަވައެވެ.  

އޭނާގެ ވިސްނުމަށް ޢަމަލުކުރެވޭނަމަ 15 ހަފްތާއިން ޚަތިމެއް ކުރެވޭނެއެވެ. އެއިރުން ކޮންމެ 4 މަހަކުން ޚަތިމެއް ކުރެވުނީއެވެ. އެއީ އެންމެ ރަނގަޅު މިންވަރުކަމަސް ބުނަނީއެއް ނޫނެވެ. އެއީވެސް މިންވަރެކެވެ.  

ކޮންމެއަކަސް އަހަރު ނިމޭއިރު 3 ޚަތިމް ކުރެވޭނެ ކަމަށް ވިސްނައިގެންހުރި މީހާއަށް އެންމެ ޚަތިމެއްވެސް ނުކުރެވުނެވެ. ހުކުރު ދުވަހު ކޮންމެވެސް ކަމެއް މެދުވެރިވެގެން ކިޔަވަން ނުއިނދެވެނީއެވެ.

ދެން ބަލައިލަންވީ ދުވާލަކު 2 ޞަފްޙާ ކިޔަވާ މީހަކަށެވެ. ޢާންމުގޮތެއްގައި މުޞްޙަފުގައި އޮންނާނީ 604 ގަނޑެވެ. ވީމާ ދުވާލަކު 2 ޞަފްޙާ ކިޔެވިނަމަވެސް އަހަރުވާއިރު ޚަތިމް ކުރެވި އިތުރަށް 130 ޞަފްޙާވަރު ކިޔެވޭނެއެވެ. 

ވިސްނައިދޭން މަސައްކަތްމިކުރީ ލުއިމަގުން އާދަވެގެން އަޅުކަންކުރުމުގެ ހުރި ފައިދާއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން