އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ސުންގަޑި 14 ނޮވެންބަރަށް އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ސުންގަޑި 14 ނޮވެންބަރަށް އިތުރުކޮށްފި

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އުރީދޫ ފަން ރަން 2026 ގައި ރަޖިސްޓްރީވުމުގެ ސުންގަޑި އިތުރުކޮށް، ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ އެއް އިޖުތިމާއީ ހަރަކާތުގައި ބައިވެރިވުމަށް އިތުރު ވަގުތު ދީފައިވާކަން އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ. އެގޮތުން، ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު 14 ނޮވެންބަރު 2026 ގެ 23:59 އާ ހަމައަށް އޮންނާނެއެވެ.

މި މުއްދަތު އިތުރުކުރުމުގެ ސަބަބުން، ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ރަހުމަތްތެރިން އަދި ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ ފަރާތްތަކަށް މި ފޯރީގައި ބައިވެރިވެ، މަޖަލާއި ކުލަތަކާއި ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ އުފާވެރި ދުވަހެއް ތަޖުރިބާކޮށްލުމުގެ އިތުރު ފުރުސަތެއް ލިބިގެންދާނެއެވެ.

އުރީދޫ ފަން ރަން ވެފައިވަނީ ދުޅަހެޔޮކަމާއި، އުފާވެރިކަމާއި، އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން އެތައް ހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށްދޭ، ރާއްޖޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް އިޖުތިމާއީ ހަރަކާތަށެވެ. އާންމުކޮށް ބާއްވާ ވާދަވެރި ދުވުންތަކާ ހިލާފަށް، އުރީދޫ ފަން ރަންގައި އިސްކަންދެނީ ބައިވެރިވުމަށާއި އުފާވެރިކަން ހޯދުމަށެވެ. އަދި ހުރިހާ އުމުރުފުރައެއްގެ، އެކި މިންވަރަށް ކަސްރަތުކޮށް އުޅޭ މީހުންނަށްވެސް އެ މީހަކު ބޭނުން ދުވެލީގައި ދުވެލުމަށް، ހިނގާލުމަށް ނުވަތަ އެ މާހައުލުގެ އުފާވެރިކަން ތަޖުރިބާކޮށްލުމަށް މި ހަރަކާތުން މަރުހަބާ ކިޔައެވެ.

ކުރީގެ ފަން ރަންތަކަށް ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް، އުރީދޫ ފަން ރަން 2026 ވެގެންދާނީވެސް ބައިވެރިންނަށް ދާއިމީ އުފާވެރި ހަނދާންތަކެއް ގެނެސްދިނުމަށް ފަރުމާކޮށްފައިވާ ކުލަ ސްޓޭޝަންތަކާއި، މުނިފޫހިފިލުވުމާއި، ތަފާތު ހަރަކާތްތައް ހިމެނޭ ފޯރިގަދަ ތަޖުރިބާއަކަށެވެ.

ފަން ރަން ފަދަ ހަރަކާތްތައް މެދުވެރިކޮށް، އުރީދޫ މޯލްޑިވްސްއިން ދަނީ ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ހިތްވަރުދީ، މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށް، އެންމެން އެއްތަންކުރުވާ ފަދަ މާނަހުރި ތަޖުރިބާތައް ފަހިކޮށްދެމުންނެވެ.

މިދުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިއަހަރުގެ ހަރަކާތުން ޖާގަ ކަށަވަރުކުރުމަށްޓަކައި، އިތުރުކުރެވުނު ސުންގަޑި ކަމަށްވާ 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ރަޖިސްޓްރީ ފުރިހަމަކުރުމަށް އިލްތިމާސްކުރެއެވެ.

ރެޖިސްޓަރ ކުރުމަށް ތިރީގައިވާ ލިންކަށް ފިތާލާ

https://ore.do/funrun-2026

މިއަދު އޮންލައިން