ހަނދުމަކޮށްދިނުމެއް!: ނަމާދަށް ހުންނައިރު އިރުއިރުކޮޅުން ވައިބޭރުވާނަމަ ޢަމަލުކުރާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހަނދުމަކޮށްދިނުމެއް!: ނަމާދަށް ހުންނައިރު އިރުއިރުކޮޅުން ވައިބޭރުވާނަމަ ޢަމަލުކުރާނެ ގޮތް!

އިރުއިރުކޮޅުން ވައިބޭރުވުމަކީ ކޮންމެވެސް ބައްޔެއްގެ ސަބަބުން މެދުވެރިވާނެ ކަމެކެވެ. އެފަދަ މީހުންނަށް ޖަމާޢަތުގައި ނަމާދުކުރަން އުނދަގޫތަކެއް ކުރިމަތިވެއެވެ. އެންމެބޮޑު ސަބަބަކީ އެކަމުގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވާކަމެވެ. އެހެންވެ ޢަމަލުކުރާނެ ގޮތަކާއިބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ޢަމަލުކުރައްވާނެ ގޮތް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

އާދެ، އޭނާ މީސްތަކުންނަށް އުނދަގޫވާކަމުގަ ވަންޏާ އޭނަ ރަނގަޅީ ވަކިން ނަމާދު ކުރުން. އޭނަ ޢުޒުރެއް އެއީ ޖަމާޢަތާ ވަކިވުމުގެ ޢުޒުރެއް އެއީ، އެގޮތަށް ވައިލެވުން. އެއީ މީހުންނަށް ބައެއް ފަހަރު އެ ވަހުގެ ސަބަބުން އުނދަގޫ ވާކަމުގައި ވާނަމަ އޭނާ ވަކިން ނަމާދު ކުރާނީ. އެއީ ޢުޒުރެއް އެއީ އޭނާއަށް ޖަމާޢަތާ ވަކިވުމުގެ. އެއީ ކޮންމެގޮތެއް ވިޔަސް މީހުންގެ ތެރެއަކަށް ނުވެއް ނިކުމެވޭނެ އެގޮތަށް ވަސް ދުވާ ކަމުގަ ވަންޏާ. މީހުންނަށް ބޮޑު ތަކުލީފަކަށް ވާނީ.  

އަނެއްކާ އަޑު ކިޔާކަމުގަ ވަންޏާވެސް އެވެސް ބޮޑު ތަކުލީފެއް މީހުންނަށް. އެހެންމަ އޭނާ އެހެރީ ޢުޒުރުވެރި ވެފަ. އެހާލަތުގަ އޭނާ ދެ ނަމާދު އެއްކޮށް ޖަމްޢުވެސް ކުރެވޭނެ އޭނާއަށް. އެކަމަކު ޖަމްޢު ކުރަންޏާ އެ ދެނަމާދަށް ވުޟޫ ކުރަންޖެހޭނެ. އެއް ވުޟޫއިން ވާނެ ދެނަމާދަށް. ދެން ވަކިވަކިން ނަމާދު ކުރަންޏާ ކޮންމެ ނަމާދަކަށް ވުޟޫ ކުރަންޖެހޭނެ.  

(ޝައިޚް މިދަރުސްގައި ވިދާޅުވެފައި އެވަނީ ފޫކޮޅުން ވައިބޭރުވާ މީހުން ޢަމަލުކުރަން އޮތް ގޮތެވެ.)

 

- ޝައިޚް މުޙައްމަދު އިބްރާހީމް 

- މިއަދުނޫސް

މިއަދު އޮންލައިން