ބައެއް މީހުން ވައަތުން ޠޯހިރުވެއެވެ. އެކަމަކު ދަރިން ތާހިރުކުރަންވުމުން ކަނައަތް ބޭނުންކުރެއެވެ. މިކަން އިޞްލާޙްކުރަން މަސައްކަތްކުރީމާ ކުރާނެ ފައިދާ ބޮޑުވާނެއެވެ. ވިސްނައިލަންވީ ކަންކަން ފާހަގަކޮށްލާނަމެވެ.
ޠޯހިރުވާން ކަނައަތް ބޭނުންކުރުމާއިމެދު ފުރަތަމަ ކަމަކަށް ބުނެލަން އޮތީ، ނަޖިހުން ތާހިރު ވުމަށް ކަނާއަތް ބޭނުންކުރުން (ނަޖިސް ފިލުވުމަށް ކަނާއަތް ލުން) ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މަނާ ކުރައްވަވާފައެވެ. އެހެންކަމުން އެކަމުގެ ޙިކުމަތްތައް ވާނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ކަނައަތް ބޭނުންކޮށްގެން ނަޖިހުން ޠޯހިރުވާނަމަ ހަށިގަނޑުގެ ތެރެއަށް ޖަރާސީމުވަނުމުގެ ފުރުޞަތު އެތައް ތަނަކުން ބޮޑުވެގެންދާ ކަމަށެވެ. އަދި އެކަން ޞީއްޙީ ގޮތުން ވިސްނުމުންވެސް އެނގިގެންދާ ކަމަށެވެ. އެއީ ކާބޯތަކެތީގައި އަތްލުމާއި އަނގައަށް އަތްލުން ފަދަ ކަންކަމުގެ ސަބަބުންނެވެ. ކިތަންމެ ވަރަކަށް ދޮވުނަސް ޖަރާސީމު ހަރުލާފައި ހުރެދާނެ ކަމަށްޓަކައެވެ. އެކަންކަން އަންނަނީވެސް ކުރިމަތިވަމުން ކަމެވެ.
މިހާރަކަށް އައިސް ނަޖިހުން ޠޯހިރުވެފައި އެންޓިސެޕްޓިކް ލައިގެން އަތްދޮންނާތީ ޤަބޫލުކުރެވިފައި އޮންނަނީ އެވަރުން ފުދޭނެ ކަމަށެވެ. ނަމަވެސް އެވަރަކުން އަދި ނުފެދެއެވެ. އަތުގެ ސާފުތާހިރުކަމަށް އިހްމާލުވުމަކީ ގިނަ ބަލިތަކެއް ޖެހެން މެދުވެރިވާ ސަބަބެވެ. އެޒަމާނުގައި ސައިންސް ނެތަސް މިޙަޤީޤަތް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ މީގެ 1450 އަހަރުކުރިން ބަޔާށންކޮށް ދެއްވަވައިފައެވެ.
ޒަމާންދާނީ ފަސްވަމުންނެވެ. ކިތަންމެ ފަސްވިޔަސް ޤުރްއާނާއި ސުންނަތުގައިވާ އެއްވެސް ކަމަކުން އުނިކަމެއް ނުދެއްކޭނެއެވެ. ހޯދިވަރަކަށް އެނގޭނީ އެކަމުން ކުރާނެ ފައިދާގެ ބޮޑުކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން