އަނބިން ނިކަމެތިކޮށްފަ އެއީ ކުރެވޭ މޮޅުކަމެއްކަމަށް ދެކޭ މީހާއަކީ ޙަދީޘް މުގުރާ މީހެއް!: ޝައިޚް ޑރ. ސާޖިދު ޢުމަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އަނބިން ނިކަމެތިކޮށްފަ އެއީ ކުރެވޭ މޮޅުކަމެއްކަމަށް ދެކޭ މީހާއަކީ ޙަދީޘް މުގުރާ މީހެއް!: ޝައިޚް ޑރ. ސާޖިދު ޢުމަރު

ބައެއް ފިރިން އެމީހުންގެ އަނބިންގެ ހިތުގަ ޖައްސުވައި ދެރަ ނިކަމެތިކޮށްފައި އެއީ ކުރެވުނު މޮޅުކަމެއްކަމަށް އެބަދެކެއެވެ. އަދި އެކަމަށް ފަޚުރުވެރިވެސްވެއެވެ.  

ބުނަންހެއްޔެވެ؟ އެފަދަ މީހުންނަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތައް ނުއެނގެނީއެވެ. އެނގިތިބެގެން އެކަންކަން އެގޮތަށްކުރާނަމަ އެމީހަކު ވާނީ ޙަދީޘްފުޅުތަކަށް ގޮންޖަހާ މީހަކަށެވެ. ޙަދީޘްފުޅުތަކާއި ވަޞިއްޔަތްފުޅުތައް މުގުރާ މީހަކަށެވެ.

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަނބިންނަށް އިޙްތިރާމްކުރުމަށާއި އަނބިންނަށް ހެޔޮކޮށް ހިތުމަށާއި އަނބިންނަށް ޤަދަރުކުރަން ވަރަށް ގިނައިން ޙަދީޘްފުޅު ކުރައްވަވައިފައެވެ. ޙައްޖަތުލްވިދާޢުގެ ކުރުޚުޠުބާގައިވެސް ވަނީ މިކަންކަން ބަޔާންކުރައްވަވައި އުންމަތަށް ވަޞިއްޔަތް ކުރައްވަވައިފައެވެ.  

ލޮބުވެތި ފިރިންނޭވެ! އަނބިންނަށް ހެޔޮކޮށް ހިތުމުން އެކަމުގެ ފައިދާކުރާނީ އަނބިންނަށް އެކަނި ކަމަށް ހީވެސް ނުކުރާށެވެ! އެކަމުން ބޮޑަށް ފައިދާކުރާނީ އެމީހަކަށެވެ. އެހެނީ ދިރިއުޅުމަށް އުފާވެރިކަމާއި ކުރިއެރުން ލިބެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެންވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ޢަމަލުކުރަމުންނެވެ.

 

- ޝައިޚް ޑރ. ސާޖިދު ޢުމަރުގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން