އަހުރެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހެޔޮލަފާ ގޮތުގައި ދިރިއުޅެން މަސައްކަތްކުރާ ދެމަފިރިންގެ ތެރެއިންވެސް ގިނަ ބައަކަށް މައްސަލަތައް ކުރިމަތިވަނީ ފައިސާއާއިމެދު ވިސްނޭ ގޮތަކުންނެވެ. މިބުނަނީ އަތުން ފައިސާ ހުސްވެދާނެތީ ބިރުން އުޅެވޭ ވާހަކައެވެ.
ރަނގަޅެވެ. ލިބޭ އާމްދަނީން އިޤްޠިޞޯދުކުރަންވާނެއެވެ. ނަމަވެސް ހުސްވެދާނެތީ ބިރުގަތުމެއް ނެތެވެ. އޮތީ މަދުވާނަމަ އިތުރުކުރަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދިރިއުޅުމެވެ. ޚިޔާނާތްތެރިނުވުމެވެ. އިޝްރާފަކަށްވާނެ އެއްވެސް ކަމެއް ނުކުރުމެވެ.
ފައިސާއަކީ ލިބި ހުސްވާނެ އެއްޗެކެވެ. އެކަން ޤަބޫލުކުރާށެވެ! ވީމާ ފައިސާ ގިނަ ކުރުމުގެ ބޭނުމުގައި ޢާއިލާގެ ކަންކަމަށް ޚަރަދުނުކޮށް ނުތިބޭށެވެ. ޢާއިލާއަށް ކުރާ ކޮންމެ ޚަރަދަކީވެސް ޞަދަޤާތަކަށްވާނެ ގޮތަށް ޚަރަދުކުރާނަމަ އެމީހަކަށް ﷲ ތައާލާ ރިޒުޤް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
އިޤްޠިޞޯދިކުރަން އަނބިމީހާއަށް ބާރުއަޅާފަދައިން ފިރިމީހާވެސް އިޤްޠިޞޯދުކުރާށެވެ! އެކުވެރިންނަށް ބޭކާރު ޚަރަދުތައް ނުކުރާށެވެ! ބޭރުން ކެއުން މަދުކުރާށެވެ! ގއިން ކައިބޮއެހެދުން ގިނަކުރާށެވެ! ދަރިންގެ ބޭނުންތައް ފުއްދައިދޭށެވެ! ހެޔޮ ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން