ސިއުޒާ
ސިހުރު، އެސްފީނާ، ޖިންނި އަވަލުން ފަދަ ކަންކަމުން ސަލާމަތްވާން ފަސޭހައިން ކުރެވިދާނެ ކަމެއް!:
ރޯ އިނގުރު ގާނާށެވެ. ކެރެޓް ގާނާ ކަހަލަ އެއްޗަކުން ގާނާށެވެ. ގާނާފަ، މި ގޭނި ރޯ އިނގުރުގެ 7 ސަމުސާ އިނގުރު 2 ޖޯޑު ފެނަށް އަޅައިގެން ކައްކާށެވެ. ކައްކާފަ ހިހޫވީމަ، އެ ފެން ސަމްސަލެއްވަރު ބޯލާފަ އެ ފެން މުޅި ގައިގަ އުނގުޅާށެވެ. ގައިގަ އުނގުޅާފަ ބަޤަރާ ސޫރަތް ޖަހައިގެން އެ ސޫރަތް އަޑުއަހަން އިންނާށެވެ.
ސިހުރު ކަމެއް ހުއްޓަސް، އެސްފީނާ ކަމެއް ހުއްޓަސް، ޖިންނި އަވަލުން ކަމެއް ހުއްޓަސް އޭނަގައިން ވަރަށް ދިލަ ނަގާނެއެވެ. އެހެން ނޫންނަމަ ދިލައެއް ނުނަގާނެއެވެ. އާދައިގެ މީހަކު އުނގުޅިއަކަސް ދިލައެއް ނުނަގާނެއެވެ.
އިނގުރަކީ ވަރަށް ފިނިއެއްޗެކެވެ. ޠަބީއީ ގޮތުން އެއްވެސް އެކަހަލަ ކަމެއް ނެތިއްޔާމު އުނގުޅައިގެން ދިލައެއް ނުނަގާނެއެވެ. އެކަމު، އެކަހަލަ ކަމެއް ހުރެއްޖެއްޔާމު ދިލަ ނަގާނެއެވެ. އެ ދިލަ ކެނޑުނީމަ، ތިން ދުވަސްވަންދެން ހަދާނީ އޭނައަށް ފަސޭހަ ގަޑިއަކުއެވެ. އެ ދިލަ ހަމަ ގަދަވިޔަސް އޭނަ ހަމަ އިންނާނީއެވެ. ކެތްނުކުރެވޭ ވަރު ވަންޏާ ދެން ފެންވަރާލެވިދާނެއެވެ. އެކަމަކު ބޭނުންވަނީ ހަމަ އިންނާށެވެ. އަނެއްރޭވެސް، އަނެއްފަހަރުވެސް ހަމަ އުނގުޅާނީއެވެ. އެ ގޮތަށްގޮސް އެ އިގުރު އުނގުޅީމަ އެއްވެސް ވަރަކަށް ދިލައިގެ އެއްވެސް އަސަރެއް ނެތިއްޔާ އޭގެ މާނައަކީ ﷲ އިރަދުކުރެއްވިއްޔާ އޭނަ ރަނގަޅު ވީއެވެ.
- ޝައިޚް އަޙްމަދު ސަމީރު
- މިއަދުނޫސް