ކިތަންމެ ކުޑަ އެއްޗެއް ގެއްލުނަސް ހޯދަން މަސައްކަތްކުރުމުގެ މުހިންމުކަން- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކިތަންމެ ކުޑަ އެއްޗެއް ގެއްލުނަސް ހޯދަން މަސައްކަތްކުރުމުގެ މުހިންމުކަން- ޙަދީޘުން

ތިބާގެ އަތުން އެއްޗެއް ގެއްލުނަސް އަދި ވަގަށް ނެގިޔަސް ހޯދަން މަސައްކަތްކުރާށެވެ! ދަރަންޏަށް ދިން އެއްޗެއް މުއްދަތަށް ނުލިބިއްޖެނަމަ ހަނދާންކޮށްދޭށެވެ! އަނބުރާ ދެވެން ނެތް ޙާލަތުގައި މާފުކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ.  

މިހާރަކަށް އައިސް އެންމެ ބޮޑު އެއްމައްސަލައަކަށްވެފައިވަނީ ވީގޮތެއް ނުއެނގި އެކައުންޓުން ފައިސާ މަދުވާކަމެވެ. ނުކުރާ ޚަރަދުތަކަށް ކާޑުން ކެނޑޭކަމެވެ. މިފަދަ ކަމެއް މެދުވެރިވިނަމަވެސް އެއީ ކުޑަޢަދަދަކަށްވިޔަސް އަނބުރާ ހޯދުމުގައި އިހްމާލުވުމަކީ ﷲ ތަޢާލާ ދެއްވަވާ ރިޒުޤަށް އިހްމާލުވުމެވެ.  

މުދަލާއި ފައިސާއަކީ ﷲ ތަޢާލާ ޙަވާލުކުރައްވަވާ އަމާނެތެކެވެ. އަމާނާތަށް ރައްކައުތެރިވާންޖެހޭނެ މިންވްރަށް ވިސްނަވައިލައްވާށެވެ!  

ގުޅުންހުރި ލިޔުމެއް! 

އިސްލާމްދީނުގައި މުދަލަކީ ޙުރުމަތްތެރި ކުރައްވާފައިވާ، ހެޔޮގޮތުގައި ބޭނުން ކުރަން ޖެހޭ އެއްޗެކެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ދަތުރުފުޅެއްގައި ޢާއިޝާ رضي الله عنها ގެ ކަރުގައި އޮތް ހާރެއް ގެއްލިގެން، އެ ހޯއްދެވުމަށް ނަބިއްޔާ صلى الله عليه وسلم އެތައް ވަގުތެއް ވަންދެން މުސްލިމުންގެ ލަޝްކަރާއިގެން މަޑުކުރެއްވެވިއެވެ.  

(ބައްލަވާ: صحيح البخاري (334 (336). 

މި ޙާދިޘާއާ ބެހޭގޮތުން އަންނަވަވީ رحمه الله ވިދާޅުވިއެވެ. 

"މި ޙާދިޘާގައި މުސްލިމުންގެ ޙައްޤާއި މުދަލަށް ރައްކާތެރިވުމުގެ މުހިންމުކަން ހާމަވެއެވެ. އެއީ ކިތަންމެ ކުޑަ އެއްޗެއްކަމުގައި ވިޔަސް މެއެވެ. އެ ސަބަބަށްޓަކައި ނަބިއްޔާ صلى الله عليه وسلم އެ ހޯއްދެވުމަށް މަޑުކުރެއްވެވިއެވެ."  

(شرح النووي على صحيح مسلم (4 / 59)).

 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން