އަތްމަތި ދަތިކަން އިޙްޞާޞްވާނަމަ އަރައިގަންނަން އެންމެ ފަސޭހަވާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އަތްމަތި ދަތިކަން އިޙްޞާޞްވާނަމަ އަރައިގަންނަން އެންމެ ފަސޭހަވާނެ ގޮތް!

އަތްމަތިދަތިކަން އިޙްޞާޞްކުރަންޖެހުމަކީ އެންމެ ބޮޑަށް ނުތަނަވަސްކަން ލިބޭ ސަބަބެކެވެ. އެހެންކަމުން ގިނަ މީހުންނަށް މުސްބާރުކުރެވެއެވެ. ޢާއިލާއަށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައްވެސް ކުރުން ހުއްޓައިލައެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.  

އަހުރެން ބުނާނީ އެކައުންޓުގައި އެންމެ ފަހުން ހުރި ފައިސާކޮޅުވެސް ނަގައި ޢާއިލާއަށް ޚަރަދުކުރާށެވެ! އެއިރުން ތިބާއަށް މަސައްކަތް އެކުރެވެނީ އެހެން ބައަކަށް އެހީތެރިވެދޭށެވެ. ވަޙީބަސްފުޅުގައި މީސްތަކުންނަށް އެހީތެރިވުންމަތީގައި ހުންނަ މީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ މެވޮޑިގެންވާނެ ކަމެވެ. ޞަދަޤާތްކުރަން އޮތީ ގާތުން ދުރަށެވެ. ވީމާ އިސްކަންދޭންޖެހޭނީ ޢާއިލާއަށެވެ.  

ދެން އޮތީ އަތުގައި ފައިސާ ނެތިގެން ދަތިޙާލުގައިވާ މީހަކަށް އެހީތެރިވެނުދެވުމެވެ. ވިސްނަންވީ އެހީތެރިވެދިނުމަކީ ހަމައެކަނި ފައިސާދިނުން ނޫންކަމެވެ. އެމީހާއަށް ކަމެއް ކޮށްދެވުނަސް އެއޮތީ އެހީތެރިވެދެވިފައެވެ. އެމީހާއަށް މަގެއް ދައްކަން އެހީތެރިވެދެވުނަސް އެއޮތީ އެހީތެރިވެދެވިފައެވެ.

ވީމާ އަތްމަތިދަތިކަމުގެ މައްސަލަ ކުރިމަތިވާނަމަ އަވަސްވެގަންނަންވީ ކޮންމެވެސް މީހަކަށް އެހީތެރިވުމަށެވެ. ކޮންމެ ސިފައެއްގައިނަމަވެސްމެއެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ދާނީ ލިބެމުންނެވެ. ކުރިމަތިވެފައިވާ ދަތި އުނދަގޫ ހުރިހާ ކަމަކުންވެސް އަރައިގެނެވޭނެއެވެ. އަތްމަތިވެސް ތަނަވަސްވާނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން